މާލެ ސަރަހައްދުގައި ދެ ލޯންޗު ޖެހި އެކްސިޑެންޓެއް، މީހަކަށް ބޮޑު އަނިޔާއެއް ނުވޭ

މާލެ ސަރަހައްދުގައި ދެ ލޯންޗު ޖެހި އެކްސިޑެންޓެއް، މީހަކަށް ބޮޑު އަނިޔާއެއް ނުވޭ

Author
ހުސައިން
04 ފެބްރުއަރީ 2026 11:38
0

މާލެ ސަރަހައްދު ކަނޑުމަތީގައި ދެ ލޯންޗެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ، އެކްސިޑެންޓް ހިނގި ސަރަހައްދުގައި ފުލުހުން މިހާރު ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. މި އެކްސިޑެންޓްގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވި ނަމަވެސް، އެކްސިޑެންޓްވި ދެ ލޯންޗަށް އެކި ވަރުގެ ގެއްލުންތައް ވެފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބެއް އަދި މިކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.