ހުޅުމާލޭ ތިންވަނަ ފިޔަވަހި ހިއްކާ ނިމިއްޖެ؛ ޑްރެޖަރުތައް ދެން އަމާޒުހިފީ ގިރާވަރުފަޅަށް

ހުޅުމާލޭ ތިންވަނަ ފިޔަވަހި ހިއްކާ ނިމިއްޖެ؛ ޑްރެޖަރުތައް ދެން އަމާޒުހިފީ ގިރާވަރުފަޅަށް

Author
ޙަސަން މުޙައްމަދު
25 ޖެނުއަރީ 2026 10:51
0

ހުޅުމާލޭގެ ތަރައްޤީގެ މަޝްރޫޢުގެ ދަށުން، ތިންވަނަ ފިޔަވަހީގައި ހިއްކުމަށް ކަނޑައެޅިފައިވާ 63 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް އެއްކޮށް ނިންމާލައިފިއެވެ. މިކަން ހާމަކުރެއްވީ ޕީއެންސީން އިއްޔެ ހަވީރު ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.

ރައީސް ވިދާޅުވި ގޮތުގައި ހުޅުމާލޭގެ މަސައްކަތް ނިމުމާއެކު، ދެން އެންމެ އަވަހަށް ފެށުމަށް ހަމަޖެހިފައިވަނީ ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތެވެ. މިހާރުވެސް އެ މަސައްކަތަށް ބޭނުންވާ ދެ ޑްރެޖަރު ވަނީ ގިރާވަރުފަޅު ސަރަހައްދަށް ގެންގޮސްފައި ކަމަށާއި، ގިރާވަރުފަޅާއި ގުޅީފަޅުން ގޯތި ލިބުނު ފަރާތްތަކަށް ބިން ހަވާލުކުރުމުގެ ކަންކަން ލަސްތަކެއް ނުވެ ކުރިއަށްދާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

މީގެ އިތުރުން، އުތުރުތިލަފަޅު ހިއްކުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ވަމުންދާކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ ފުށިދިއްގަރު ފަޅު ހިއްކުމުގެ މަސައްކަތްވެސް މިހާރު ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ. އެގޮތުން މިއަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް ފުށިދިއްގަރު ފަޅުގެ މަސައްކަތް ނިންމާލެވޭނެ ކަމަށާއި، އެ މަސައްކަތް ކުރިއަށްދާއިރު އެތަނުން ގޯތި ލިބޭނެ މީހުން ކަނޑައެޅުމުގެ އިދާރީ މަސައްކަތްތައް ސަރުކާރުން ކުރަމުން ގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.