ބަންޑުން ޖަހާލި 'ބަލްމާ-6′ އިން ގެއްލުނު ދިވެހި މީހާ ނިޔާވެފައި އޮއްވާ ފެނިއްޖެ

ބަންޑުން ޖަހާލި 'ބަލްމާ-6′ އިން ގެއްލުނު ދިވެހި މީހާ ނިޔާވެފައި އޮއްވާ ފެނިއްޖެ

Author
ޙަސަން މުޙައްމަދު
18 ޖެނުއަރީ 2026 12:04
0

ތާޖް އެގްޒޯޓިކާ ރިޒޯޓު ކައިރިއަށް ބަންޑުން ޖަހާލި މުދާ އުފުލާ ދޯންޏަކުން ގެއްލިގެން ހޯދަމުންދިޔަ ދެ މީހުންގެ ތެރެއިން ދިވެހި މީހާ ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ. "ބަލްމާ-6″ ނަމަކަށް ކިޔާ މި ދޯނި ބަންޑުން ޖަހާލިއިރު އޭގައި ޖުމްލަ ހަތަރު މީހުން ތިބިކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ.

މި ހިތާމަވެރި ހާދިސާ ހިނގުމާއެކު، ދޯނިން ކަނޑުވެފައި ތިބި ދެ މީހަކު، އެ ސަރަހައްދުން ދަތުރުކުރި އެހެން ދޯންޏަކުން ނަގައި ވަނީ ސަލާމަތްކޮށްފައެވެ. ނަމަވެސް ގެއްލުނު އަނެއް ދެ މީހުން ހޯދުމަށް ކުރެވުނު މަސައްކަތުން، ދިވެހި މީހާ ފެނުނުއިރު އޮތީ ނިޔާވެފައިކަން ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ.

މި ހާދިސާގައި ދެން ގެއްލިގެން ހޯދަމުންދަނީ ބިދޭސީ ފަޅުވެރިއެކެވެ. އޭނާ އަދި މިހާތަނަށް ފެނިފައިނުވާތީ، އޭނާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފްގެ މާލޭ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަން އާއި ކޯސްޓް ގާޑު ޑައިވަރުން ގުޅިގެން އެ ސަރަހައްދުގައި ދަނީ ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.