ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްގެ މުވައްޒަފުންނަށް މުސާރަ ޑޮލަރުން ލިބޭނެ ގޮތް ހަމަޖައްސައިފި

ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްގެ މުވައްޒަފުންނަށް މުސާރަ ޑޮލަރުން ލިބޭނެ ގޮތް ހަމަޖައްސައިފި

Author
އައިޝަތު އަޙްމަދު
13 ޖެނުއަރީ 2026 09:07
0

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ސާޅީސް އަހަރުގެ ފާހަގަ ކުރެވޭ ތަޖުރިބާއެއް ހުރި މަޝްހޫރު ބްރޭންޑް ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްއިން އެ ކުންފުނީގެ މުވައްޒަފުންނަށް މުސާރަ ޑޮލަރުން ދޭން ނިންމާފައިވާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

މި ނިންމުމަކީ އެ ކުންފުނީގެ ދަށުން ހިންގާ ހުރިހާ ރިސޯޓަކަށް ހިނގާނެ ބަދަލެކެވެ. މީގެ ކުރިން ރިސޯޓްތަކުގައި ތިބި މުވައްޒަފުންނަށް މަސް ނިމި މުސާރަ ދެމުން ގޮސްފައިވަނީ ރުފިޔާ އިންނެވެ. ނަމަވެސް ސާވިސް ޗާޖް ޑޮލަރުން ދެމުން ގޮސްފައި ވެއެވެ.

މީޑިއާ ރިޕޯޓްތަކުން ހާމަވެފައިވާގޮތުން އެ ކުންފުނީގެ ބައެއް ރިސޯޓްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދެމުން އަންނަތާ މަސްތަކެއް ވެފައިވާއިރު، މިހާރު އެ އުސޫލު ކުންފުނިން ހިންގާ ހުރިހާ ރިސޯޓަކަށް ފުޅާ ކުރުމުގެ މަސައްކަތް ނިންމާލައިފައިވާ ކަމަށް އެނގިފައިވެއެވެ.

ރާއްޖޭގައި އެގާރަ ރިސޯޓެއް ހިންގަމުން އަންނަ ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްގެ ކުންފުނިތަކުގައި މިހާރު ތިންހާސް މުވައްޒަފުންނަށްވުރެ ގިނަ އަދަދެއްގެ މުވައްޒަފުން މަސައްކަތް ކުރަމުން އަންނަކަން ފާހަގަކޮށްލަން ޖެހެއެވެ. މުވައްޒަފުންނަށް މުސާރަ ޑޮލަރުން ދިނުމަކީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ ފަރާތުން ދިގު މުއްދަތަކަށް ވަނީ އެދެމުން ދިޔަ ކަމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.