ކުޅުދުއްފުށީގައި ބޮލުގައި ރިއްސާތީ ބޭސްކައިގެން ނިދި 16 އަހަރުގެ ކުއްޖަކު ކުއްލި ގޮތަކަށް ނިޔާވެއްޖެ

ކުޅުދުއްފުށީގައި ބޮލުގައި ރިއްސާތީ ބޭސްކައިގެން ނިދި 16 އަހަރުގެ ކުއްޖަކު ކުއްލި ގޮތަކަށް ނިޔާވެއްޖެ

Author
އައިޝަތު އަޙްމަދު
13 ޖެނުއަރީ 2026 05:05
0

ހދ. ކުޅުދުއްފުށީގައި އުމުރުން 16 އަހަރުގެ އަންހެން ކުއްޖަކު ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ. މި ހިތާމަވެރި ހާދިސާގައި ނިޔާވެފައިވަނީ އެ ރަށު ލަތީފީ މަންޒިލް، ޝަޒްފާ އަބްދުﷲ އިބްރާހިމްއެވެ. ޝަޒްފާއަކީ އެރަށު ސްކޫލުގެ ގްރޭޑް 10 ގައި ތައުލީމު ހާސިލުކުރަމުން ދިޔަ ދަރިވަރެކެވެ.

މި ހާދިސާއާ ގުޅިގެން އެރަށުން ވާހަކަ ދެއްކި މީހަކު މައުލޫމާތު ދިން ގޮތުގައި، ރޭ ޝަޒްފާ ނިދަން އޮށޯތީ ބޮލުގައި ރިއްސާތީ އެ ވާހަކަ ބުނުމަށްފަހު ބޭސް ވެސް ކައިގެންނެވެ. ނަމަވެސް މިއަދު ހެނދުނު ހޭނުލައިގެން ބެލިއިރު، އޭނާގެ އެއްވެސް ހަބަރެއް ނެތްކަމަށާއި އޭރު އޮތީ ނިޔާވެފައި ކަމަށް އެފަރާތުން ބުނެފައިވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ޝަޒްފާއަކީ އޭނާގެ މަންމަގެ ހުރި ހަމައެކަނި ދަރިފުޅެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.