ދަނގެތީ އަންހެނުންގެ ކޮމެޓީން ރަށުގެ ފިނި މައިޒާންތައް ފަޅުފިލުވާލައިފި

ދަނގެތީ އަންހެނުންގެ ކޮމެޓީން ރަށުގެ ފިނި މައިޒާންތައް ފަޅުފިލުވާލައިފި

Author
ޢަލީ އާދަމް
10 ޖެނުއަރީ 2021 11:55
0

އދ. ދަނގެތީ ރައްޔިތުން ހިތްފަސޭހަ ކޮށްކުމަށް ނުކުމެއުޅޭ ސަރަހައްދު ތަކުގައި އެރަށުގެ އަންހެނުންގެ ކޮމެޓީން ޖޯއްޔާއި އުނދޯލި ބަހައްޓައިދީފި އެވެ.

ދަނގެތީ އަންހެނުންގެ ކޮމެޓީ އިން ރަށުގެ އެކި ސަރަހައްދު ތަކުގައި ބެހެއްޓި ޖޯއްޔާއި އުނދޯލި ދަނގެތީ ކައުންސިލާ ރަސްމީކޮށް ހަވާލުކުރީ މިމަހުގެ 2 ވީ ހޮނިހިރު ދުވަހުއެވެ. އެގޮތުން 36 އުނދޯއްޏާއި 16ޖޯލީގެ 8ސެޓް ޖޯލި ވަނީ އަންހެނުންގެ ކޮމެޓީގެ ފަރާތުން ރަށުގެ އެކި ތަންތާ ބަހައްޓަދީފައެވެ.

މި މަސައްކަތް ކާމިޔާބުކަމާއެކު ކުރުމަށް ރަށުގެ އެކިއެކި ފަރާތްތަކުން ހާއްސަކޮށް ފިރިހެން ބޭފުޅުންގެ ފަރާތުން ލިބުނު އެއްބާރުލުން ދަނގެތީ އަންހެނުންގެ ކޮމެޓީން ޝުކުރުވެރިކަމާއެކު ފާހަގަކުރިއެވެ.

ދަނގެތީ އަންހެނުންގެ ކޮމެޓީ ފާހަގަކުރެވެނީ މިފަދަ އިޖްތިމާޢީ މުހިންމު ކަންކަމުގައި އިސްނަގާ ކޮމެޓީއެއްގެ ގޮތުގައެވެ. އެގޮތުން އެކޮމިޓީގެ ފަރާތުން މީގެކުރިން ވަނީ ރަށު ކައުންސިލާ ގުޅިގެން ރަށުގެ ތުނޑީ ސަރަހައްދުވެސް އުނދޯއްޔާއި ޖޯލިން ފަޅުފިލުވާލަދީފަ އެވެ. މީގެއިތުރުން ކޮމެޓީގެ އާމްދަނީ އިތުރުކޮށް ރަށުގެ ތަރައްޤީއަށް ކުރަން ހުރި ކަންކަން ކުރުމަށް މަގުފަހި ކުރުންމުގެ ގޮތުން ފެނުގައި ގަސްއިންދުމާއި ރަށުގެ ރައްޔިތުންގެ ރުއްތައް ބެލެހެއްޓުން މިހާރު ކުރިއަށްގެންދަނީ އެކޮމެޓީގެ ފަރާތުންނެވެ.

ދަނގެތީ ކައުންސިލުން ވަނީ ރަންގަލި ރިޒޯޓުން ކައުންސިލަށް ހަދިޔާކުރައްވާފައިވާ 02 ހައިޑުރޮޕޯނިކްސް ސިސްޓަމް، ރަށުގެ އަންހެނުންގެ ކޮމެޓީގެ އާމްދަނީ އިތުރު ކުރުމަށް މަގުފަހި ކުރުމަށްޓަކައި، ކޮމެޓީ އާ ހަވާލުކޮށްފަ އެވެ. އަދި މީގެ އިތުރުން ރައްޔިތުންގެ ރުއްތައް ބެލެހެއްޓުމާއި އެ ރުއްތަކުން ލިބޭ ތަކެތި ވިއްކައިގެ އާމްދަނީ ހޯދުމުގެ ފުރުސަތުވެސް ރަށުގެ ކައުންސިލްގެ ފަރާތުން އެ ކޮމިޓީއަށް ވަނީ ފަހިކޮށްދީފައެވެ. އެހެންކަމުން އެ ކޮމިޓީން މަހަކު 2 ދުވަހު ކާށި ހޮވައި، ހެޔޮ އަގުގައި ރައްޔިތުންނައް ކާށި ލިބޭނެ ގޮތް ވަނީ ހަމަޖައްސާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.