އިރާން އޮތީ އެމެރިކާއާއެކު ހަނގުރާމައަކަށް ފުރިހަމަޔަށް ތައްޔާރުވެ: އަރަގްޗީ

އިރާން އޮތީ އެމެރިކާއާއެކު ހަނގުރާމައަކަށް ފުރިހަމަޔަށް ތައްޔާރުވެ: އަރަގްޗީ

Author
ޙަސަން މުޙައްމަދު
13 ޖެނުއަރީ 2026 08:43
0

އެމެރިކާއިން އީރާނުގެ ބާރު "ޓެސްޓް" ކުރަން ބޭނުންނަމަ، އެކަމަށް ފުރިހަމައަށް ތައްޔާރަށް އޮތްކަމުގެ އިންޒާރު އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ދެއްވައިފިއެވެ. އަރަގްޗީ މިހެން ވިދާޅުވީ، އީރާނާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އަޅުއްވާނެ ކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވި ވަރުގަދަ އިންޒާރަށް ރައްދު ދެއްވަމުންނެވެ.

އީރާނުގެ ފޮރިން މިނިސްޓަރު ވިދާޅުވި ގޮތުގައި ކޮންމެ ފަދަ ހާލަތަކާ ކުރިމަތިލާން ޖެހުނު ކަމުގައި ވިޔަސް އީރާން އޮތީ ސަމާލުވެ ތައްޔާރަށެވެ. އަދި ޚާއްސަކޮށް މިދިޔަ އަހަރު ހިނގައިދިޔަ 12 ދުވަހުގެ ހަނގުރާމައަށްފަހު، އީރާާނުގެ އަސްކަރީ ގާބިލުކަން އޭރު ހުރި ވަރަށްވުރެ މާ ބޮޑަށްވެސް ފުޅާކޮށް، ވަރުގަދަ ކޮށްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. މިއީ އެމެރިކާގެ އިންޒާރުތަކަށް ޖެހިލުންނުވާކަން ހާމަކޮށްދިނުމުގެ ގޮތުން އީރާނުން ދެއްކި ވާހަކައެއް ކަމަށް ބެލެވެއެވެ.

ދެ ގައުމުގެ ދެމެދުގައި އަސްކަރީ ކުރިމަތިލުމެއްގެ ބިރުވެރިކަން އޮތް ނަމަވެސް، އެމެރިކާއާއެކު މުއާމަލާތްކުރެވޭނެ ޑިޕްލޮމެޓިކް މަގުތައް އަދިވެސް ހުޅުވިފައިވާކަމަށް އަރަގްޗީ ވިދާޅުވިއެވެ. މީގެއިތުރުން، އީރާނުގެ ސަރުކާރާ ދެކޮޅަށް އެ ގައުމުގައި މިހާރު ކުރިއަށްދާ މުޒާހަރާތަކަށް އިޝާރާތްކުރައްވައި އީރާނުން ތުހުމަތުކުރާ ގޮތުގައި، އެ ހަމަނުޖެހުންތަކުގެ އަޑީގައި ވަނީ އެމެރިކާއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.