ކައުންސިލް އިންތިޚާބުގެ ވޯޓު ލިސްޓަށް މިހާތަނަށް 128 ޝަކުވާ ހުށަހަޅައިފި

ކައުންސިލް އިންތިޚާބުގެ ވޯޓު ލިސްޓަށް މިހާތަނަށް 128 ޝަކުވާ ހުށަހަޅައިފި

Author
އަހުމަދު
11 ޖެނުއަރީ 2026 10:10
0

މިއަހަރުގެ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވޯޓުލާ މީހުންގެ ލިސްޓަށް މިހާތަނަށް 128 ޝަކުވާއެއް ލިބިފައިވާކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހާމަކޮށްފިއެވެ. މި އިންތިޚާބުގައި ޖުމްލަ 294,937 މީހުންނަށް ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާއިރު، އާންމުކޮށްފައިވާ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 18 ވަނަ ދުވަހުގެ މެންދުރުފަހު 3:00 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ.

އީސީން މައުލޫމާތު ދޭ ގޮތުގައި މިހާތަނަށް ލިބުނު ޝަކުވާތަކުގެ ތެރޭގައި ގިނައީ ނިޔާވެފައިވާ މީހުންގެ ނަން ލިސްޓުގައި ހިމެނިފައިވުމާއި، އެޑްރެސް ބަދަލުވުމާ ގުޅޭ މައްސަލަތަކެވެ. ލިސްޓަށް އުނިއިތުރެއް ގެންނަން ބޭނުންނަމަ ނުވަތަ މައުލޫމާތެއް އިސްލާހުކުރަން ބޭނުންނަމަ، އައިޑީ ކާޑު ނުވަތަ ރަސްމީ ލިޔުމަކާއެކު ޝަކުވާ ހުށަހެޅުމަށް ކޮމިޝަނުން އެދެއެވެ.

ވޯޓު ލިސްޓު މިހާރު ގެޒެޓާއި އީސީގެ ވެބްސައިޓުން ބެލެން ހުންނާނެއެވެ. އަދި 1414 އަށް އައިޑީ ކާޑު ނަންބަރު އެސްއެމްއެސް ކޮށްގެންވެސް ރަޖިސްޓްރީވެފައިވާ ތަން ޗެކްކޮށްލެވޭނެއެވެ. ސިޔާސީ ޕާޓީތަކުން ޝަކުވާ ހުށަހަޅަންޖެހޭނީ 'ސިމެދަ' ޕޯޓަލް މެދުވެރިކޮށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.