130 ކިލޯގެ ޑްރަގް މައްސަލަ: ޝަހީބުގެ 50 އަހަރުގެ ޖަލު ހުކުމް އިސްތިއުނާފު ކުރަން ހައިކޯޓަށް

130 ކިލޯގެ ޑްރަގް މައްސަލަ: ޝަހީބުގެ 50 އަހަރުގެ ޖަލު ހުކުމް އިސްތިއުނާފު ކުރަން ހައިކޯޓަށް

Author
އަހުމަދު
10 ޖެނުއަރީ 2026 03:06
0

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށް ތުހުމަތުކުރެވޭ ގއ. ވިލިނގިލީ ޝަހީބު އިބްރާހީމްގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި 50 އަހަރުގެ ޖަލު ހުކުމާއި 10 މިލިއަން ރުފިޔާގެ ޖޫރިމަނާގެ މައްސަލަ އިސްތިއުނާފު ކުރުމަށް ހައިކޯޓުން ބަލައިގަނެފިއެވެ. މިއީ 2020 ވަނަ އަހަރު ކަންނެލި ދޯންޏެއްގައި ރާއްޖެއަށް 130 ކިލޯގެ ޑްރަގް އެތެރެކުރި މައްސަލައާ ގުޅިގެން 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އިއްވި ހުކުމެކެވެ.

މި މައްސަލައިގައި ޝަހީބުގެ އިތުރުން ދެން ހިމެނޭ އަހުމަދު މޫސާގެ މައްޗަށްވެސް 50 އަހަރުގެ ޖަލު ހުކުމަކާއި 10 މިލިއަން ރުފިޔާގެ ޖޫރިމަނާއެއް އައިސްފައިވާއިރު، އަސީލް މާހިރާއި އަނަސް ހުސައިންގެ މައްޗަށް އިއްވާފައިވަނީ 53 އަހަރުގެ ޖަލު ހުކުމެކެވެ. މީގެ އިތުރުން މިކަމުގައި ބައިވެރިވި ބަންގްލަދޭޝްގެ ދެ މީހުން ކަމަށްވާ އިގުބާލާއި ރިޔާދުގެ މައްޗަށްވެސް ވަނީ 50 އަހަރަށްވުރެ ދިގު މުއްދަތުގެ ޖަލު ހުކުމްތައް އިއްވައި ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.