ހުޅުމާލެ ފޭސް 3 ބިންހިއްކުމުގެ މަސައްކަތް މިމަހުގެ 20 ވަނަ ދުވަހަށް އެއްކޮށް ނިންމައި، ގޯތި ހަވާލުކުރުމުގެ މަސައްކަތް ފެށޭނެކަމަށް ހައުސިން މިނިސްޓަރ ޑރ އަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
2023 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހު ފެށި މި މަޝްރޫޢުގެ ދަށުން 63 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ކަނޑައެޅިފައެވެ. އެކި ސަބަބުތަކާހުރެ މަސައްކަތް ލަސްވެފައި އޮތުމަށްފަހު، ނޮވެމްބަރ 10 ވަނަ ދުވަހު އަލުން މަސައްކަތް ފެށި، އެމަހުގެ 28 ވަނަ ދުވަހުން ފެށިގެން ދެ ޑްރެޖަރު ބޭނުންކޮށްގެން މަސައްކަތް އަވަސްކޮށްފައިވެއެވެ.
މިނިސްޓަރ ވިދާޅުވީ ފޭސް 3 އިން ގޯތި ލިބުނު 698 މީހުންގެ ރަޖިސްޓްރީ ހެދުމުގެ މަސައްކަތް މިމަހު ފެށި، އިން ވަކިކުރެވޭ މިންވަރަކުން ގޯތި ހަވާލުކުރަމުންދާނެ ކަމަށެވެ. ވެލި ލިބުމުގައި ދަތިތަކެއް ހުރިނަމަވެސް، މެދުނުކެނޑި މަސައްކަތް ކުރިޔަށްދާކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
އެމްއޭސީއެލްއިން ހާމަކޮށްފައިވާ ގޮތުގައި މިހާތަނަށް 63 ހެކްޓަރުގެ ތެރެއިން 47 ހެކްޓަރު ވަނީ ހިއްކައި ނިމިފައެވެ.
ކޮމެންޓު ފޮނުވާ