ބޮޑުތަކުރުފާނުމަގު ތަރައްޤީކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް، ރޯދައިގެ ކުރިން ނިންމާލެވޭނެ

ބޮޑުތަކުރުފާނުމަގު ތަރައްޤީކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް، ރޯދައިގެ ކުރިން ނިންމާލެވޭނެ

Author
ޙަސަން މުޙައްމަދު
03 ޖެނުއަރީ 2026 07:01
0

މާލޭ ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.

މިދިޔަ ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހު ފެށި މި މަޝްރޫޢުގެ ދަށުން ކޭބަލް އެޅުމުގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިމިފައެވެ. ދުވާރު ހެދުމުގެ މަސައްކަތުގެ ތެރެއިން މަސްމާރުކޭޓު ހިމެނޭ ބްލޮކާއި ދެވަނަ ބްލޮކްގެ މަސައްކަތް ނިމިފައިވާއިރު، ސީ ޗެނަލް އިންސްޓޯލް ކުރުމާއި 70 މީޓަރުގެ ސަރަހައްދެއްގައި ފެންހޮޅި އެޅުމުގެ މަސައްކަތް ވެސް ވަނީ ފުރިހަމަކޮށްފައެވެ.

މި މަޝްރޫޢުގައި ލޯކަލް މާރުކޭޓުން ނޯތު ހާބަރާ ހަމައަށް 250 މީޓަރުގެ ސަރަޙައްދެއްގައި ތާރު އެޅުމާއި، އެއްގަމު ތޮށި 6 މީޓަރަށް ބޭރަށް ޖައްސައި މަގު ފުޅާކުރުން ހިމެނެއެވެ. މީގެ އިތުރުން 830 މީޓަރުގެ މަގުގައި ތާރު އަޅައި ހަތަރު ލޭނަށް މަގު ތަރައްޤީ ކުރެވޭނެއެވެ.

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަނުން 144.5 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މި މަޝްރޫޢު 455 ދުވަހުގެ ތެރޭގައި ނިންމަންޖެހޭއިރު، އެ ކުންފުނީގެ އަމާޒަކީ ރޯދަ މަހުގެ ކުރިން ދެވަނަ ފިޔަވަހީގެ މަސައްކަތް ނިންމައި އާންމުންނަށް ހުޅުވާލުމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.