ދޮޅު އަހަރު ފިލައިގެން އުޅުނު އިޒާމަށް ރޭޕްގެ ކުށުގައި 15 އަހަރުގެ ޖަލު ހުކުމެއް

ދޮޅު އަހަރު ފިލައިގެން އުޅުނު އިޒާމަށް ރޭޕްގެ ކުށުގައި 15 އަހަރުގެ ޖަލު ހުކުމެއް

Author
ޙަސަން މުޙައްމަދު
30 ޑިސެމްބަރ 2025 02:12
0

ރޭޕްގެ ތުހުމަތުގައި ދޮޅު އަހަރުވަންދެން ފިލައިގެން އުޅުނު ފަހުން ފުލުހުންގެ ކަސްޓޯޑިއަލް އަށް އަމިއްލައަށް ހާޒިރުވި ގދ. ވާދޫ މީހަކަށް ރޭޕްގެ ކުށުގައި 15 އަހަރުގެ ޖަލު ހުކުމް ކޮށްފިއެވެ.

ކްރިމިނަލް ކޯޓުން މިއަދު މި ހުކުމް އިއްވާފައި ވަނީ ގދ. ވާދޫ ސަބާހާ މަންޒިލް ޢުމުރުން 25 އަހަރުގެ އިޒާމް ޒާހިރުގެ މައްޗަށެވެ. އިޒާމަކީ ޖުލައި 2024 އިން ފެށިގެން ކޯޓަށް ހާޒިރުނުވެ، ދޮޅު އަހަރު ވަންދެން ހުކުމް ނުކުރެވި އޮތް މީހެކެވެ.

އޭނާ ހައްޔަރުކުރެވުނީ މިދިޔަ ހޮނިހިރު ދުވަހު ފުލުހުންގެ ކަސްޓޯޑިއަލް އަށް އަމިއްލައަށް ހާޒިރުވުމުންނެވެ. އިޒާމް ހޯދުމަށް ފުލުހުން ނުވަ ފަހަރު ފޮޓޯ ޢާއްމުކޮށްފައިވެއެވެ. މި މައްސަލައާ ގުޅިގެން އިތުރު ތަފްޞީލެއް ލިބިފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.