މާލެ ސަރަހައްދުން ގޯއްޗާއި ފުލެޓަށް ޝަރުތުހަމަވާގޮތަށް އުސޫލު ބަދަލުކޮށްފި

މާލެ ސަރަހައްދުން ގޯއްޗާއި ފުލެޓަށް ޝަރުތުހަމަވާގޮތަށް އުސޫލު ބަދަލުކޮށްފި

Author
ހުސައިން
29 ޑިސެމްބަރ 2025 11:58
0

މާލެ ސިޓީގައި އެއް އަހަރުވެފައިވާ ރަށްވަހިކަމުގެ ފަރާތްތަކަށް މާލެ ސަރަހައްދުން ފުލެޓާއި ގޯއްޗަށް ޝަރުތު ހަމަވާގޮތަށް އުސޫލު ބަދަލުކޮށް ސަރުކާރުން ޢާންމުކޮށްފިއެވެ. އާ އުސޫލުގައި ގޯތި ދޫކުރާނީ މާލޭގައި ދިރިއުޅޭ މީހުން ދެ ކެޓަގަރީއަކަށް ބަހާލައިގެން ކަމަށާއި، މާލޭގެ ރަށްވެހިންނަށް ހުޅުމާލެ، ގުޅިފަޅު، ގިރާވަރުފަޅު އަދި ރަސްމާލެއިން 1،250 އަކަފޫޓުގެ ގޯތިތައް ދޫކުރާ ކަމަށް ބަޔާންކޮށްފައިވެއެވެ. އަނެއް ކެޓަގަރީގައި ހިމެނޭ މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް ގޯތި ދޫކުރާނީ ހަމައެކަނި ރަސްމާލެއިންނެވެ.

މާލޭގެ ރަށްވެހިން ކަމަށް ބެލެވޭނީ އުފަންވީއްސުރެ މާލޭގެ ގެއެއްގައި ރަޖިސްޓްރީވެފައިވާ މީހުންނާއި މާލޭގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ މީހުންނެވެ. ގޯތި ލިބުމަށް ރާއްޖޭގެ އެއްވެސް ރަށަކުން 400 އަކަފޫޓަށް ވުރެ ބޮޑު ބިމެއް މިލްކިއްޔާތުގައި ނެތުމާއި ވާރުތައިން ލިބޭ ބިމެއް ނެތުން ފަދަ ޝަރުތުތައް ފުރިހަމަވާންޖެހެއެވެ. މާލޭގައި ދިރިއުޅޭ ރަށްރަށުގެ މީހުންނަށް ގޯތި ލިބުމަށް އަންނަ ޖެނުއަރީ 14 ވަނަ ދުވަހާ ހަމައަށް މެދުނުކެނޑި 15 އަހަރު މާލޭގައި ދިރިއުޅެފައިވާންޖެހޭއިރު، މާލޭގައި ދިރިއުޅުނު މުއްދަތަށް ޕޮއިންޓު ދެވޭނެއެވެ. އުސޫލަށް ގެނެވުނު ބަދަލުގައި ކުރިމަތިލާ މީހާގެ ފިރިމީހާ ނުވަތަ އަނބިމީހާއަށް މާލެ ސަރަހައްދުން ފްލެޓް ލިބިފައި ނުވުމާއި، ކުރިން ފްލެޓެއް ނުވަތަ ގޯއްޗެއް ވިއްކާފައި ނުވަތަ ހިބައިން ދީފައި ނުވުން ވެސް ޝަރުތުތަކުގެ ތެރޭގައި ހިމަނާފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.