ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް ޚާއްސަކޮށްގެން އިލެކްޓްރިކް ވެހިކަލްތައް ގެންނަނީ

ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް ޚާއްސަކޮށްގެން އިލެކްޓްރިކް ވެހިކަލްތައް ގެންނަނީ

Author
އައިޝަތު އަޙްމަދު
28 ޑިސެމްބަރ 2025 01:06
0

ސަރުކާރުން ކުރިއަށް ގެންދާ ފަސް މިލިއަން ގަސް އިންދުމުގެ ގައުމީ ޕްރޮގްރާމުގެ ދަށުން އިންދާ ގަސްތަކަށް ފެންދިނުމުގެ މަސައްކަތް ފަސޭހަކުރުމަށްޓަކައި ހާއްސަ އިލެކްޓްރިކް ވެހިކަލްތައް ގެނައުމުގެ މަސައްކަތް އެންވަޔަރަމެންޓް މިނިސްޓްރީން ފަށައިފިއެވެ. މީގެ ބޭނުމަކީ މި ޕްރޮގްރާމް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމެވެ. މި ވެހިކަލްތަކުގެ އެހީގައި ބޮޑެތި ރަށްރަށުގެ މަގުމަތީގައި އިންދާ ގަސްތަކަށް ގަވާއިދުން ފެންދިނުން ކުރިއަށް ގެންދާނެއެވެ.

މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވީ ގަސް އިންދާފައި އެ ގަސްތައް ހެދިބޮޑުވުމަށްޓަކައި ގަވާއިދުން ފެންދިނުމަކީ އެންމެ މުހިންމު ކަމަށާއި، އެހެންކަމުން އެކަމަށް ފަސޭހަ އިންތިޒާމެއް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. މި ޕްރޮގްރާމްގެ ދަށުން މިއަހަރު އިންދުމަށް ކަނޑައެޅި އެއް މިލިއަން ގަސް އިންދުމުގެ އަމާޒު މިހާރު ވަނީ ހާސިލްވެފައެވެ. މިހާތަނަށް އެއް މިލިއަން ފަންސަވީސް ހާސް ގަސް އިންދާފައިވާއިރު، ސަރުކާރާއެކު އެކި މުއައްސަސާތަކުން ދީފައިވާ ޔަގީންކަމާއެކު ޖުމްލަ 6.4 މިލިއަން ގަސް އިންދޭނެ ކަމަށް ލަފާކުރެވެއެވެ.

މީގެ އިތުރުން ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ދެ ހާސް ގަސް އިންދުމުގެ އަމާޒު މިހާތަނަށް ހާސިލްކޮށްފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ. މިއީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ކުރިއަށް އޮތް ޖީލުތަކަށް ފެހި މާހައުލެއް ފޯރުކޮށްދިނުމުގެ މަގްސަދުގައި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރިޔަށް ގެންދާ މަޝްރޫއުއެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.