ސުމާލިލޭންޑް ބަލައިގަތުމަކީ ޣައްޒާ ރަށްވެހިން ބަދަލުކުރުމުގެ ރޭވުމެއް: ސުމާލިއާ

ސުމާލިލޭންޑް ބަލައިގަތުމަކީ ޣައްޒާ ރަށްވެހިން ބަދަލުކުރުމުގެ ރޭވުމެއް: ސުމާލިއާ

Author
ޙަސަން މުޙައްމަދު
27 ޑިސެމްބަރ 2025 09:23
0

ސުމާލިއާއިން 1991 އިން ފެށިގެން ވަކިވެގަންފައިވާ ސަރަހައްދު ކަމަށްވާ ސުމާލިލޭންޑް މިނިވަން ދައުލަތެއްގެ ގޮތުގައި އިސްރާއީލުން ބަލައިގަތުމުން، އެއީ ޣައްޒާގެ ފަލަސްތީނު ރައްޔިތުން ސުމާލިލޭންޑަށް ބަދަލުކުރުމުގެ ރޭވުމެއް ކަމަށް ސުމާލިއާއިން މިއަދު ތުހުމަތުކޮށްފިއެވެ.

ސުމާލިއާގެ ހާރިޖިއްޔާގެ ސްޓޭޓް މިނިސްޓަރު އަލީ އުމަރު ވިދާޅުވީ މިއީ ސުމާލިއާއާ ދެކޮޅަށް އިސްރާއީލުން ދިން ހަމަލައެއް ކަމަށް ދެކޭ ކަމަށާއި، އެ ގައުމުގެ ދާހިލީ ކަންތައްތަކުގައި ވަދެވޭ ފަދަ ގޮތަކަށް އިސްރާއީލުން ކުރާ ކަންތައްތަކާ ދެކޮޅަށް އެޅެން ހުރި ހުރިހާ ޑިޕްލޮމެޓިކް ފިޔަވަޅެއް އަޅާނެ ކަމަށެވެ.

އިސްރާއީލުން ސުމާލިލޭންޑް ބަލައިގަތުން އަނބުރާ ގެންދިއުމަށް ސުމާލިއާއިން ގޮވައިލައި، އެއީ ސުމާލިއާގެ މިނިވަންކަމާއި އިސްތިގުލާލަށް ގޮންޖެހުން ފަދަ ކަމެއް ކަމަށް ބުނެފައިވެއެވެ. ފާޑުކިޔާ ފަރާތްތަކުން ބުނީ ޣައްޒާގެ ރަށްވެހިން ގަދަކަމުން ސުމާލިލޭންޑަށް ބަދަލުކުރާ ނަމަ އެ ކަމުން ސަރަހައްދު ހަލަބޮލިކޮށްލާނެ ކަމަށާއި، އެއީ ބައިނަލްއަގުވާމީ ގާނޫނާ ޚިލާފު ކަމެއް ކަމަށެވެ. އަލީ ވިދާޅުވީ ސުމާލިލޭންޑް އިސްރާއީލުން ބަލައިގަތުމަކީ ސުމާލިއާއިން ދުވަހަކު ވެސް ބަލައިނުގަންނާނެ ކަމެއް ކަމަށާއި، އިސްރާއީލަށް ބައިނަލްއަގުވާމީ ގާނޫނަށް ތަބާވުމަށް ގޮވައިލާ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.