ޅެން ފަރުވާގެ ދިރާސާ ނިމިއްޖެ ކަމަށް ވަޒީރު ވިދާޅުވެއްޖެ

ޅެން ފަރުވާގެ ދިރާސާ ނިމިއްޖެ ކަމަށް ވަޒީރު ވިދާޅުވެއްޖެ

Author
ޙަސަން މުޙައްމަދު
27 ޑިސެމްބަރ 2025 09:13
0

ދިވެހި ބަހާ ސަގާފަތާ ތަރިކައާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރަކު ޅެމުން ފަރުވާ ހޯދުމުގެ ދިރާސާއެއް ކުރައްވައި ނިންމަވާލައްވައިފި ކަމަށް އެ ވުޒާރާގެ ވަޒީރު އާދަމް ނަސީރު އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ދިރާސާގެ ބައެއް މަސައްކަތް ވަޒީރުގެ އަތަށް އައިސްފައިވާ ކަމަށާއި، އާންމު ބައެއް ފަރާތްތަކުން ވެސް މި މަސައްކަތް ކުރައްވާކަން އެނގިވަޑައިގަންނަވާ ކަމަށެވެ.

މިދިޔަ އަހަރުގެ ޅެންވެރިންގެ ދުވަހުގެ ޖަލްސާގައި ވަޒީރު ވަނީ ދިވެހި ޅެމުން ނަފުސާނީ ފަރުވާ ދެވޭތޯ ބެލުމަށް ދިރާސާއެއް ކުރާނެ ކަމަށް ވިދާޅުވެފައެވެ. މިގޮތުން މިދިޔަ އަހަރުގެ މެއި މަހު "ޕޮއެޓްރީ ތެރަޕީ"އަށް ދިވެހި ނަމެއްގެ ގޮތުގައި "ޅެން ފަރުވާ" ފާސްކޮށް، ދިރާސާ ހެދުމުގެ މަސައްކަތް ގައުމީ ޔުނިވާސިޓީއާ ހަވާލުކުރިއެވެ. މި ދިރާސާގެ ދަށުން ދިވެހި ޅެންތައް ބޭނުންކޮށްގެން ނަފުސާނީ ތަފާތު ބަލިތަކަށް ދެވިދާނެ ފަރުވާގެ މިންވަރާއި ފަރުވާ ދިނުމުގައި ގެންގުޅޭނެ އުސްލޫބުތައް ދެނެގަތުން ހިމެނެއެވެ.

ނަމަވެސް މި މަސައްކަތުގެ އަދާހަމައެއް ނުލިބޭތީ، މިއީ ކުރެވޭ ވަރުގެ ކަމެއް ކަމާ ދޭތެރޭ ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. ވަޒީރު ވިދާޅުވީ ގައުމީ ޔުނިވާސިޓީން މިހާރުވެސް މިކަމާ ގުޅޭ ދިރާސާތައް ކުރިއަށްގެންދާ ކަމަށެވެ. މީގެކުރިން މިކަމާ ގުޅިގެން މެންޓަލް ހެލްތު ސެންޓާ، ސޮސައިޓީ ފޯ ހެލްތު އެޑިއުކޭޝަން، ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓާ އަދި ދަމަނަވެށީގެ ފަންނީ ބޭފުޅުންނާއެކު މަޝްވަރާކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.