ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް މިރޭ ބޯކޮށް ވާރޭ ވެހި، ގުގުރާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު ނެރެފިއެވެ.
މި ސަމާލު ނެރެފައިވަނީ ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ހިމެނޭ ސަރަހައްދަށެވެ. މިރޭގެ 18:30 އިން ފެށިގެން 23:30 އާ ހަމައަށް މި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ. ފާއިތުވި ދުވަސްތަކުގައި ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހި، ބައެއް ރަށްރަށުގައި ފެންބޮޑުވުމުގެ ހާދިސާތައް ވެސް ހިނގާފައިވެއެވެ. މިހާރު ރާއްޖެއަށް ކުރަމުން ދަނީ އިރުވައި މޫސުމުގެ ވިއްސާރަ ކަމަށާއި، މި އަހަރުގެ އިރުވައި މޫސުން ރަސްމީކޮށް ފެށިފައިވަނީ ޑިސެމްބަރު 17 ވަނަ ދުވަހު ކަމަށް މެޓް އޮފީހުން މައުލޫމާތު ދެއެވެ.
ކޮމެންޓު ފޮނުވާ