ފުވައްމުލައް ސިޓީގައި މޫދަށް އެރި އުޅެނިކޮށް ގެއްލުނު 17 އަހަރުގެ ފިރިހެން ކުއްޖެާ ފެނިއްޖެ އެވެ.
އެކުއްޖާ ފެނިފައި ވަނީ ގެއްލިގެން ހޯދަމުން ދަނިކޮށް މޫދު އަޑިން ނެވެ. އެ ކުއްޖާ ފެނިފައި ވަނީ މިއަދު 17:50 ހާއިރު ކަމަށް ފުލުހުން ބުނެއެވެ. އެ ކުއްޖާއަށް މިހާރު ފުވައްމުލަކު ސިޓީ ހޮސްޕިޓަލުގައި އަވަސް ފަރުވާދެމުންދާކަމަށް މަޢުލޫމާތު ލިބެއެވެ.
މި ކުއްޖާ ގެއްލިގެން ރިޕޯޓްކޮށްފައި ވަނީ 16:47 ހާއިރު އެވެ. އިތުރު ކުދިންތަކަކާއެކު މޫދަށް އެރި އުޅެނިކޮށް މި ކުއްޖާ ގެއްލުނީ "މާނޭރާ" ސަރަހައްދަށެވެ.
ކޮމެންޓު ފޮނުވާ