ކަނޑޫމާތިލަ ކައިރިން ބިދޭސީ ފިރިހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ

ކަނޑޫމާތިލަ ކައިރިން ބިދޭސީ ފިރިހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ

Author
އަހުމަދު
21 ޑިސެމްބަރ 2025 02:32
0

ކ. ކަނޑޫމާތިލަ ކައިރިން ބިދޭސީ ފިރިހެނަކު މަރުވެފައި އޮއްވާ މިއަދު ހެނދުނު ފެނިފައިވާކަން ފުލުހުން ހާމަ ކޮށްފިއެވެ. މި މައުލޫމާތު އެ އިދާރާއަށް ލިބުނީ މިއަދު ހެނދުނު 10:17 އެހާކަށްހާއިރު ކަމަށާއި، މިހާރު އެ ސަރަހައްދުގައި ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ކަނޑުމަތީގައި މަރުވެފައި އޮތް ކަމަށް ބެލެވޭ މީހެއްގެ ހަށިގަނޑު އޮޔާދާ މަންޒަރު ފެންނަ ވީޑިއޯއެއް މިއަދު ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަކަން ފާހަގަކުރެވެއެވެ. ކަނޑޫމާތިލައަކީ ޑައިވިން ޕޮއިންޓެއްގެ ގޮތުގައި ގިނަ ބިދޭސީން ޒިޔާރަތްކުރާ މަޝްހޫރު ސަރަހައްދެކެވެ.

ދިވެހި ރާއްޖޭގެ ޓޫރިސްޓް ސަރަހައްދުތަކުގައި ޑައިވިންއަށާއި ސްނޯކްލިންއަށް ގޮސް ބިދޭސީން ގެއްލިގެން ރިޕޯޓްކުރުމާއި ކަނޑަށް މަރުވުމުގެ ހާދިސާތައް ވަރަށް އާންމެވެ. މީގެ ތެރޭގައި އއ. އުކުޅަހުން ރަޝިއާ މީހަކު ކަނޑަށް ގެއްލިގެން އަދިވެސް ހޯދަމުން އަންނަކަން ފާހަގަކުރެވެއެވެ.

އަދި މިދިޔަ ހަފުތާގައި ކޮންޓެއިނަރު އުފުލާ ދޯނިއަކުން ވެއްޓުނު މީހަކު ކަނޑުމަތިން މަރުވެފައި އޮއްވާ ފެނިފައިވެސް ވެއެވެ. މޫސުން ގޯސްވެފައިވާ ދުވަސްވަރު ކަނޑުމަތީ ހަރަކާތްތައް ކުރިއަށް ނުގެންދިއުމަށް ކަމާ ގުޅުންހުރި އިދާރާތަކުން އަބަދުވެސް އިލްތިމާސްކުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.