ރާއްޖޭގެ އެކި ހިސާބަށް މިއަދުވެސް ބޯކޮށް ވާރޭވެހުން އެކަށީގެންވޭ

ރާއްޖޭގެ އެކި ހިސާބަށް މިއަދުވެސް ބޯކޮށް ވާރޭވެހުން އެކަށީގެންވޭ

Author
އަހުމަދު
21 ޑިސެމްބަރ 2025 10:26
0

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން އިއްޔެ ނެރުނު މޫސުމީ ބުލެޓިންގައި ބުނެފައިވަނީ މިއަދުގެ އިރުއޮއްސުމާ ހަމައަށް ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރާނެ ކަމަށެވެ. ގުގުރާއި ފުންމާލާ ވާރޭވެހުން އަންނާނެ ކަމަށްވެސް މެޓުން ބުނެއެވެ.

މެދުރާއްޖޭގެ ބައެއް ރަށްރަށަށް ބޯކޮށް ވާރޭ ވެހުމުގެ ފުރުސަތު ބޮޑު ކަމަށް މޫސުމީ ބުލެޓިންގައި ބުނެފައިވެއެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާނެ ކަމަށް ލަފާކުރެވިފައިވެއެވެ.

މިއަދު މެދުރާއްޖެއާއި ދެކުނުގެ ކަނޑުތައް ގަދަވާނެ ކަމަށާއި އުތުރުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށްވެސް މެޓުން ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.