ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް 1ގައި ސީޕްލޭން ކައުންޓަރުތައް ހުޅުވުމުގެ މަސައްކަތް ފަށައިފިއެވެ. އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިއަދު ބުނީ މި ހިދުމަތް ފެށުމުގެ ގޮތުން ޓެސްޓު ބުރެއް ކާމިޔާބުކަމާއެކު ބޭއްވިކަމަށެވެ.
މި ޓެސްޓު ބުރު ބޭއްވީ ގައުމީ އެއާލައިން މޯލްޑިވިއަން އާއި ވިލާގެ ފްލައިމީއާ ގުޅިގެންނެވެ. އާ ޓާމިނަލްގެ އެރައިވަލް ގޭޓާ ގާތުގައި ހުޅުވާ މި ކައުންޓަރުތަކުން ފަސިންޖަރުން ސީޕްލޭން ޓާމިނަލާއި ނޫވިލަށް ގެންދާނެއެވެ. ނަމަވެސް މި ހިދުމަތް ރަސްމީކޮށް ފެށުމުގެ ތާރީޚެއް އެމްއޭސީއެލުން އަދި އިއުލާނުކޮށްފައެއް ނުވެއެވެ.
457 މިލިއަން ޑޮލަރު ހޭދަކޮށްގެން މި އަހަރުގެ ޖުލައި 26 ގައި ހުޅުވި އާ ޓާމިނަލުން މިހާރު 33 އެއާލައިނަކަށް ހިދުމަތް ދެމުން އަންނައިރު، ޕީކް ސީޒަން ފެށުމުގެ ކުރިން ހުރިހާ އެއާލައިނަކަށް އެ ޓާމިނަލުން ހިދުމަތް ދިނުމަކީ އެމްއޭސީއެލްގެ އަމާޒެކެވެ. އާ ޓާމިނަލާ އެކު އެ ކުންފުނީގެ އާމްދަނީ ފުރަތަމަ އަހަރު 7-8 ޕަސެންޓަށް އަދި ދެވަނަ އަހަރު 15 ޕަސެންޓަށް އިތުރުވާނެ ކަމަށް ލަފާކުރެވެއެވެ.
ކޮމެންޓު ފޮނުވާ