ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގެ އައު ޓާމިނަލް މިހާރު 31 ބައިނަލްއަޤްވާމީ އެއާލައިނަކުން ބޭނުންކުރަމުން އަންނަކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހާމަކޮށްފިއެވެ. އެ ލިސްޓަށް އެންމެފަހުން އިތުރުވީ ޖަރުމަނުވިލާތުގެ ލެއިޝާ އެއާލައިނެއްކަމަށްވާ ޑިސްކަވާ އެއާލައިންކަމަށް އެމްއޭސީއެލްއިން މައުލޫމާތުދެއެވެ. ލުފްތަންސާ ގްރޫޕްގެ ބެލުމުގެ ދަށުގައި މަސައްކަތްކުރާ މި އެއާލައިން ރާއްޖެއަށް ދަތުރުތައް ފަށާފައިވަނީ 2022 ވަނަ އަހަރުގެ އޭޕްރިލް މަހުގައެވެ.
މިދިޔަ ޖުލައި މަހުގެ 26 ވަނަ ދުވަހު މިއަހަރުގެ މިނިވަން ދުވަހާ ދިމާކޮށް ހުޅުވި އައު ޓާމިނަލް ތަރައްޤީކޮށްފައިވަނީ ސައުދީ އަރަބިއްޔާގެ ބިންލާދިން ގްރޫޕާ ހަވާލުކޮށްގެންނެވެ. މި ޕްރޮޖެކްޓަށް 5 ބިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަވާފައިވާކަމަށް ސަރުކާރުން ބުނެފައިވެއެވެ. އައު ޓާމިނަލާއެކު އަހަރެއްގެ ތެރޭގައި 7.5 މިލިއަން ފަސެންޖަރުންނަށް ހިދުމަތް ދިނުމަކީ ސަރުކާރުގެ އަމާޒެވެ.
ކޮމެންޓު ފޮނުވާ