މަސްވެރިންގެ އިހުތިޖާޖުގައި ހިފެހެއްޓި ދޯނިތައް ދޫކޮށްލައިފި، ތިން މީހުން ބަންދުގައި

މަސްވެރިންގެ އިހުތިޖާޖުގައި ހިފެހެއްޓި ދޯނިތައް ދޫކޮށްލައިފި، ތިން މީހުން ބަންދުގައި

Author
އަހުމަދު
12 ޑިސެމްބަރ 2025 11:19
0

މަސްވެރިންގެ ދުވަހާ ދިމާކޮށް ބޮޑުކަންނެލި މަސްވެރިން މާލޭ ބޭރުގައި ކުރި ކަނޑުމަތީ މުޒާހަރާ ރޫޅާލައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ތިން ދޯނި ރޭ ދޫކޮށްލައިފިއެވެ.

ބުދަ ދުވަހުގެ ހަވީރު ހުޅުމާލެއިން ފުރައިގެން އައިސް މާލޭ ރަސްމީ ފާލަން ކައިރީ ކުރަމުންދިޔަ މި މުޒާހަރާ ފުލުހުން ރޫޅާލީ އެހެން އުޅަނދުތަކަށް ހުރަސް އެޅި ކަމަށް ބުނެއެވެ. އެ އޮޕަރޭޝަނުގައި ހައްޔަރުކުރި ތިން މީހުންގެ ތެރޭގައި ބޮޑުކަންނެލި ޔޫނިއަންގެ ކޯ-ފައުންޑަރު އަދި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ހިމެނެއެވެ. މި ތިން މީހުން ފަސް ދުވަހަށް ބަންދުކުރަން މިއަދު ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މައުރޫފް ދޫކޮށްލުމަށް ގޮވާލައި އެމްޑީޕީން މިއަދު ކްރިމިނަލް ކޯޓު ކައިރީ އިހުތިޖާޖުކުރިއިރު، ބީކޭޔޫއިން ބުނީ ސަރުކާރުން އެ މީހުންގެ ކަންބޮޑުވުންތަކަށް ޖަވާބުދާރީ ނުވާހާ ހިނދަކު މުޒާހަރާ ހުއްޓާނުލާނެ ކަމަށެވެ. އެ ޖަމިއްޔާއިން މިހާރު ވެސް ދަނީ ހުޅުމާލެ ފަޅުގައި މުޒާހަރާ ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.