ދެމިލިއަން ފަތުރުވެރިން ޒިޔާރަތްކުރުމުގެ ރެކޯޑް އަނެއްކާވެސް މުގުރާލައިފި

ދެމިލިއަން ފަތުރުވެރިން ޒިޔާރަތްކުރުމުގެ ރެކޯޑް އަނެއްކާވެސް މުގުރާލައިފި

Author
އަހުމަދު
12 ޑިސެމްބަރ 2025 10:25
0

މިދިޔަ އަހަރު ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ދެ މިލިއަން ޓޫރިސްޓުންގެ އަދަދު ފަހަނައަޅައި ދިޔަ ނަމަވެސް، މި އަހަރު އެ ރެކޯޑު މިހާރު ވަނީ މުގުރާލައިފައެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، މިދިޔަ ބުދަ ދުވަހާ ހަމައަށް ރާއްޖެއަށް 2،080،134 ޓޫރިސްޓުން ޒިޔާރަތްކޮށް، މިދިޔަ އަހަރުގެ 2،046،615 ގެ ރެކޯޑު ވަނީ ފަހަނައަޅައި ގޮސްފައެވެ.

ޑިސެމްބަރު މަހުގެ ފުރަތަމަ ނުވަ ދުވަހު ދުވާލެއްގެ މައްޗަށް އެވެރެޖުކޮށް 6،453 ޓޫރިސްޓުން އަންނަމުންދާއިރު، މި މަހުގެ ނިޔަލަށް ސަރުކާރުގެ 2.2 މިލިއަންގެ ޓާގެޓް ހާސިލުވާނެ ކަމަށް ބެލެވެއެވެ. މި އަހަރުވެސް އެންމެ ގިނަ ޓޫރިސްޓުން އައީ ޗައިނާއިންނެވެ. އެއީ 318،032 ޓޫރިސްޓުންނެވެ.

ދެވަނައިގައި ރަޝިޔާ އަދި ތިންވަނައިގައި އިނގިރޭސިވިލާތް އޮތެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.