އަމާން އުދަރެހުގެ ބޮޑު ފެން ބިލުތައް އޮޅުމެއްގެ ސަބަބުން، ދައްކަންޖެހޭނީ އެފްޑީސީން

އަމާން އުދަރެހުގެ ބޮޑު ފެން ބިލުތައް އޮޅުމެއްގެ ސަބަބުން، ދައްކަންޖެހޭނީ އެފްޑީސީން

Author
އަހުމަދު
10 ޑިސެމްބަރ 2025 06:26
0

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހެދި އަމާން އުދަރެސް ޓަވަރުގެ ބައެއް ފުލެޓުތަކަށް އައި 7،000 ރުފިޔާ ހަމަވަރު ބޮޑު ފެން ބިލުތައް އޮޅުމެއްގެ ސަބަބުން ފޮނުވިފައިވާ ކަމަށް މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީން ބުނެފިއެވެ. މީޑިއާތަކަށް މައުލޫމާތު ދެމުން އެމްޑަބްލިޔުއެސްސީން ބުނީ އެ ބިލުތަކަކީ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އަށް ބިލުކޮށްފައިވާ ބިލުތަކެއް ކަމަށާއި، ފުލެޓުތައް މީހުންނަށް ހަވާލުކުރުމުގެ ކުރިން ބޭނުންކުރި ފެނަށް ކުރި ބިލުތައް ކަމަށެވެ. ފުލެޓުތަކުން އަދި ފެނަށް ބިލު ކުރަން ފަށައިފައިނުވާ ކަމަށާއި، ފެން މީޓަރުތައް ފުލެޓުތަކުގެ ރަޖިސްޓްރީއަށް ބަދަލުކޮށް ނިމުމުން ފެން ބިލު ދައްކަން ފަށާނެ ކަމަށް އެމްޑަބްލިޔުއެސްސީން ހާމަކުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.