މާލޭގައި ކުކުޅުބިހުގެ އަގު އަނެއްކާވެސް މައްޗަށް

މާލޭގައި ކުކުޅުބިހުގެ އަގު އަނެއްކާވެސް މައްޗަށް

Author
އަހުމަދު
09 ޑިސެމްބަރ 2025 06:17
0

މާލޭގެ ބާޒާރުގައި ކުކުޅުބިހުގެ އަގު އަނެއްކާވެސް ވަރަށް ބޮޑަށް އުފުލިއްޖެއެވެ. މޫސުން ގޯސްވުމާއެކު ސަޕްލައި ދަށްވުމުގެ ސަބަބުން ގިނަ ފިހާރަތަކުން ބިސް ލިބުން ދަތިވެފައިވާއިރު، މިހާރު ބާޒާރުގައި ވަކިން ބިހެއް ވިއްކަނީ 2.50 ރުފިޔާއަށެވެ. މިދިޔަ ހަފްތާގައި ހުޅުމާލޭގެ ބައެއް ފިހާރަތަކުން ބިހެއް 1.80 ރުފިޔާއަށް ވިއްކި ނަމަވެސް ވަކި ދުވަސްކޮޅެއްގެ ތެރޭގައި އަގު ވަނީ ބޮޑަށް އުފުލިފައެވެ.

ބާޒާރުގައި އަގު އުފުލިފައިވާއިރު، އެސްޓީއޯގެ ސުޕަމާކެޓްތަކުން ބިސް ވިއްކަނީ އަގުޔޮކޮށެވެ. އެސްޓީއޯ ޕީޕަލްޗޮއިސް އިން ވަކިން ބިހެއް 2 ރުފިޔާއަށް ލިބެން ހުރިއިރު، ބިހުގެ ކޭހެއް ވިއްކަނީ 380 ރުފިޔާއަށެވެ. ވިޔަފާރިވެރިން ބުނާގޮތުގައި، ހޯލްސޭލް ކުރާ ބައެއް ތަންތަނުން މިހާރު ކުކުޅުބިސް ނުލިބޭއިރު، ބިސް އަނބުރާ ލިބޭނީ މާދަމާ ހަވީރުކަމަށް ލަފާކުރެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.