މާރުކޭޓުން ނޯތު ހާބަރާ ހަމައަށްވާ މަގު ތާރުއެޅުން މިއަދު ފަށަނީ

މާރުކޭޓުން ނޯތު ހާބަރާ ހަމައަށްވާ މަގު ތާރުއެޅުން މިއަދު ފަށަނީ

Author
އަހުމަދު
09 ޑިސެމްބަރ 2025 11:38
0

ބޮޑުތަކުރުފާނުމަގު ފުޅާކޮށް ޒަމާނީކޮށް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، ލޯކަލް މާރުކޭޓުން ފެށިގެން ނޯތު ހާބަރާ ހަމައަށްވާ މަގު ތާރުއެޅުމުގެ މަސައްކަތް މިއަދު ފަށަން އެމްޓީސީސީން ތައްޔާރުވެއްޖެ އެވެ.

މި ސެގްމަންޓްގައި ހިމެނޭ 250 މީޓަރުގެ ސަރަހައްދު ހަތަރު ލޭނަށް ތަރައްގީކޮށް ރޯދަމަހުގެ ކުރިން ނިންމުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެކެވެ. މި ހަފްތާގެ ތެރޭގައި ހެންވޭރު ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މި ސަރަހައްދުގެ މަގު ރޯދަމަހުގެ ކުރިން ނިންމާލުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ދެ ފިޔަވައްސަކަށް ބަހާލައިގެން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްދާ މި މަޝްރޫއުގެ ފުރަތަމަ ސެގްމަންޓް، ލޯކަލް މާރުކޭޓުން ފެށިގެން އިއްޒުއްދީން ފާލަމާ ހަމައަށްވާ ސަރަހައްދު އިއްޔެ އާންމުންނަށް ހުޅުވާލައިފި އެވެ. މުޅި މަޝްރޫއުގައި ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ނޯތު ހާބަރާ ހަމައަށް، ޖުމްލަ 1،088 މީޓަރުގެ މަގު ތަރައްގީކުރާނެ އެވެ.

144 މިލިޔަން ރުފިޔާގެ މި މަޝްރޫއާއެކު، މާލެއާއި ވިލިމާލޭގެ ހުރިހާ މަގެއް ޒަމާނީކޮށް ތަރައްގީކުރުމަށް ޗައިނާ ސަރުކާރުން ހިލޭ އެހީވެސް ދެމުން އަންނަ އިރު، އެ މަޝްރޫއު ފެށުމަށް ދެ ގައުމުން މިހާރު ތައްޔާރުވަމުން ދެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.