ހުޅުމާލޭގެ 4000 ފްލެޓުން އިތުރު ފަސް ޓަވަރުގެ ތަޅުދަނޑި ދޫކުރަން ފަށައިފި

ހުޅުމާލޭގެ 4000 ފްލެޓުން އިތުރު ފަސް ޓަވަރުގެ ތަޅުދަނޑި ދޫކުރަން ފަށައިފި

Author
އަހުމަދު
08 ޑިސެމްބަރ 2025 10:34
0

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ފަހި ދިރިއުޅުން ކޯޕަރޭޝަނުން ތަރައްގީކުރި 4000 އެޕާޓްމަންޓުގެ މަޝްރޫޢުގެ އިތުރު ފަސް ޓަވަރުގެ ތަޅުދަނޑި ވެރިންނަށް ހަވާލުކުރަން ފަށައިފިއެވެ. މިހާރު ތަޅުދަނޑި ދޫކުރަމުންދަނީ އަމާން އުދަރެސް ޓަވަރުގެ 11، 12، 13، 15 އަދި 16 ގެ އެޕާޓްމަންޓްތަކުގެ ކަމަށް އެފްޑީސީން ހާމަކުރިއެވެ.

އެފްޑީސީން ހާމަކުރި ތާވަލް ބުނާ ގޮތުން، މި މަހުގެ ފަސްވަނަ ހަފްތާގައި އަމާން ދޯދި ޓަވަރުގެ ހަތް ޓަވަރުގެ ތަޅުދަނޑި ދޫކުރަން ހަމަޖެހިފައިވާއިރު، އަންނަ ޖެނުއަރީ މަހު ބާކީ ޓަވަރުތަކުގެ ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. ތަޅުދަނޑި ލިބޭނީ އެފްޑީސީއާ އެއްބަސްވުމުގައި ސޮއިކޮށް ސެކިއުރިޓީ ޑިޕޮސިޓް ދައްކާފައިވާ ފަރާތްތަކަށެވެ.

ދެ ކޮޓަރީގެ އެޕާޓްމަންޓަކަށް 15،000 ރުފިޔާ އަދި ތިން ކޮޓަރީގެ އެޕާޓްމަންޓަކަށް 25،000 ރުފިޔާ ޑިޕޮސިޓްގެ ގޮތުގައި ދައްކަން ޖެހެއެވެ. ސަރުކާރުން ދޭ ސަބްސިޑީގެ ސަބަބުން ދެ ކޮޓަރީގެ އެޕާޓްމަންޓްގެ ކުލި 7،000 ރުފިޔާ އަށާއި ތިން ކޮޓަރީގެ އެޕާޓްމަންޓްގެ ކުލި 9،000 ރުފިޔާ އަށް ކުޑަކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.