ދުންފަތުގެ އިސްތިއުމާލް ކުރުމަކީ އަމިއްލަ ނަފްސަށާއި މުޖުތަމަޢަށް ދެވޭ ބޮޑު އަނިޔާއެއް: ޚުޠުބާ

ދުންފަތުގެ އިސްތިއުމާލް ކުރުމަކީ އަމިއްލަ ނަފްސަށާއި މުޖުތަމަޢަށް ދެވޭ ބޮޑު އަނިޔާއެއް: ޚުޠުބާ

Author
އަހުމަދު
05 ޑިސެމްބަރ 2025 01:12
0

ދުންފަތުގެ އިސްތިއުމާލް ކުރުމަކީ ތިމާގެ އަމިއްލަ ނަފްސަށާއި މުޅި މުޖުތަމަޢުގެ ޙައްގުގައި ކުރެވޭ ބޮޑު އަނިޔާއެއް ކަމުގައި މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.

"ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ގެއްލުން" މިމައުޟޫއަށް ޚާއްސަ ކުރެވުނު މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވީ، ވީއުރު މި ސުމްޕާ ވަބާއިން މުޅި މުޖުތަމަޢު ސަލާމަތް ކުރުމަށްޓަކާ، ވަރުގަދަ އަޒުމަކާއެކު ކުރިމަތިލަންޖެހޭ ކަމަށާއި، ފުރަތަމަ އިސްލާހުކުރަން ޖެހެނީ ތިމާގެ އަމިއްލަ ނަފުސު ކަމުގައެވެ.

އެއައްފަހު މުޖުތަމަޢެވެ. ދަންނާށެވެ! ހަގީގީ ރަހުމަތްތެރިންނަކީ ހެޔޮކަންކަމަށް މަގުފަހި ކޮށްދީ ހެޔޮ ނަސޭހަތްދޭ މީހުންނެވެ. ނުބައި ކަންކަމަށް ހިތްވަރުދޭ މީހުން ރަހުމަތްތެރިން ކަމުގައި ނުބަލާށެވެ. ގެއްލުންދޭ އަދި ގެއްލުމަށް މަގުފަހުކޮށްދޭ ކޮންމެ އެއްޗަކުން ދުރިުހެލިވާން ޖެހޭކަމާއި، އެފަދަ ކަމެއް ކުރުމަކީ ހަރާންކަމެއް ކަމުގައި ޢިލްމުވެރީން އިއްތިފާގު ވެވަޑައިގެންފައި ވެއެވެ.

މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެފައި ވެއެވެ.

މިއަދުގެ ޚުޠުބާގައި އިތުރަށް ވިދާޅުވީ ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ބޮޑު އިސްރާފެއް ކަމަށާއި، އިސްރާފް ކުރުމަކީ އިސްލާމް ދީނުގައި ޙަރާމް ކުރައްވާފައިވާ ކަމެއް ކަމަށެވެ. އެގޮތުން ގެއްލުންދެނިވި އެންމެހާ ތަކެތީން ދުރުހެލިވުމަށް އިސްލާމް ދީނުގައި އަންގަވާގައިވާކަން ބަޔާން ކުރައްވަމުން ޚުޠުބާގައި ވިދާޅުވީ ރަގަޅުހާ ތަކެތި ހަލާލް ކުރައްވާ އަދި އެންމެހައި ނުބައި ތަކެތި ހަރާމްކުރައްވާފައިވާ ކަމުގައެވެ.

ޚުޠުބާގައި ވިދާޅުވީ ދުންފަތުގެ އިސްތިއުމާލު ކުރުމުން ގެއްލުން ލިބެނީ ހަމައެކަނި އެކަން ކުރާ ބަޔަކަށް އެކަނި ނޫން ކަމަށާއި، މީހުން އެއްވެ އުޅޭ ތަންތާނގައި ދުންފަތުގެ އިސްތިއުމާލު ކުރުމުން އެތަނެއްގައި ތިބި ދުންފަތުގެއިސްތިއުމާލު ނުކުރާ މީހުންނަށްވެސް ބޮޑެތި ގެއްލުން ލިބޭ ކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.