މާލެއާއި ކުޅުދުއްފުށްޓާ ދެމެދު ދަތުރުކުރާ ބޯޓެއްގެ ފަޅުވެރިއެއް މަސްތުވާތަކެތި ޓްރެފިކް ކޮށްގެން އުމުރަށް ޖަލަށް

މާލެއާއި ކުޅުދުއްފުށްޓާ ދެމެދު ދަތުރުކުރާ ބޯޓެއްގެ ފަޅުވެރިއެއް މަސްތުވާތަކެތި ޓްރެފިކް ކޮށްގެން އުމުރަށް ޖަލަށް

Author
އަހުމަދު
01 ޑިސެމްބަރ 2025 09:59
0

މާލެ އާއި ކުޅުދުއްފުއްޓާ ދެމެދު ދަތުރުކުރާ ބޯޓެއްގައި ފަޅުވެރިއެއްގެ ގޮތުގައި މަސައްކަތް ކުރަމުން މަސްތުވާތަކެތި ޓްރެފިކް ކުރި މީހެއްގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމް އިއްވައިފި އެވެ.

ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ނޯތު ހާބަރުން އެ މީހާ ހުއްޓުވައި ބަލާފާސްކުރި އިރު، އޭނާގެ ޖީބުން 50 ގްރާމްގެ ޑައިމޯފިން ހުރި ކަރުދާސް ކޮތަޅެއް ފެނުނެވެ. ޝަރީއަތުގައި އޭނާ ބުނީ އެ ކޮތަޅުގައި މަސްތުވާތަކެތި ހުރިކަން ނޭނގޭ ކަމަށެވެ.

ނަމަވެސް ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން ފާހަގަކުރީ އެ ކޮތަޅަކީ ބަންދުކޮށްފައި އޮތް އެއްޗެއް ނޫން ކަމަށާއި، ގޮތް ނޭނގޭ މީހެއް ދިން އެއްޗެއް ކަމަށް ބުންޏަސް އެއީ ކާކުކަން ބުނެދެވިފައި ނުވާ ކަމަށެވެ. އެހެންކަމުން ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި، 25 އަހަރަށް ޖަލަށްލުމާ އެކު 100،000 ރުފިޔާ އިން ޖޫރިމަނާކުރި އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.