އިންތިޚާބީ މަސައްކަތްތަކަށް 7000 އަށްވުރެ ގިނަ އޮފިޝަލުން ހޯދަނީ

އިންތިޚާބީ މަސައްކަތްތަކަށް 7000 އަށްވުރެ ގިނަ އޮފިޝަލުން ހޯދަނީ

Author
ޙަސަން މުޙައްމަދު
18 ނޮވެމްބަރ 2025 10:27
0

އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި މަސައްކަތްކުރުމަށް 7000 އަށްވުރެ ގިނަ އޮފިޝަލުން ހޯދުމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާނުކޮށްފިއެވެ.

ޝައުޤުވެރިވާ ފަރާތްތަކުން https://my.elections.gov.mv ޕޯޓަލް މެދުވެރިކޮށް ވެރިފައިޑް އީ-ފާސް އެކައުންޓުން ލޮގިންވެ އެޕްލިކޭޝަން ހުށަހެޅޭނެއެވެ. އެޕްލިކޭޝަން ހުށަހަޅާއިރު ތަޢުލީމީ ސެޓްފިކެޓް، ވަނަވަރު އަދި ވަޒީފާގައި އުޅޭނަމަ އެކަން އަންގައިދޭ ލިޔުން ހުށަހަޅަންޖެހެއެވެ.

އޮފިޝަލަކަށްވުމަށް ޢުމުރުން 18 އަހަރުވެފައިވުމާއި، ސިޔާސީ ޕާޓީއެއްގެ އިސް މަޤާމެއް އަދާކުރަމުންދާ ފަރާތަކު ނުވުމާއި، ކެންޑިޑޭޓުންގެ ކެމްޕޭނުގައި ޢަމަލީ ގޮތުން ބައިވެރިނުވާ ފަރާތަކު ކަމުގައިވުން ލާޒިމްވެއެވެ. އަދި ކުރިމަތިލާ ކެންޑިޑޭޓުންގެ ޢާއިލީ މެންބަރުންނާއި މަންދޫބުންނާއި އޮބްޒާވަރުންނަށް މި ފުރުޞަތު ނުލިބޭނެއެވެ.

ވޯޓުލާ މަރުކަޒުގެ ވެރިޔަކަށް 2900 ރުފިޔާ، ވެރިޔާގެ އެހީތެރިއަކަށް 2600 ރުފިޔާ، އަދި އެހެން އޮފިޝަލުންނަށް 2300 ރުފިޔާ ދޭއިރު ގުނާ އޮފިޝަލަކަށް 1800 ރުފިޔާ ލިބޭނެއެވެ. ރިޒާވް އޮފިޝަލުންނަށް 1000 ރުފިޔާގެ އެލަވަންސް ދިނުމަށް ހަމަޖެހިފައިވާއިރު، ކެއުމާއި ސައިގެ އެލަވަންސްގެ އިތުރުން އިތުރުގަޑީގައި ވެސް ފައިސާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އެޕްލިކޭޝަން ހުށަހަޅަން ފަހު ތާރީޚަކީ 2025 ޑިސެންބަރު 21 ވާ އާދިއްތަ ދުވަހުގެ މެންދުރު 3:00 އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.