ދާލު އަތޮޅުގައި ޓޫރިސްޓުންގެ އަތުން ހިފަހައްޓައިފައިވާ ގިނަ އަދަދެއްގެ ބަނގުރާ ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނުން ނައްތާލައިފި އެވެ. މި މަހުގެ 6 ވަނަ ދުވަހު ނައްތާލީ 224 ފުޅި ބަނގުރަލާއި 260 ދަޅު ބަނގުރާ ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.
މި ތަކެތި ނައްތާލީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރާ ނައްތާލުމާ ގުޅޭ ގަވާއިދުގެ ދަށުން އެކުލަވާލެވިފައިވާ ކޮމެޓީގެ ބެލުމުގެ ދަށުން ކަމަށް އެ އިދާރާއިން ބުންޏެވެ. މި ބަނގުރާއަކީ މި އަހަރުގެ ޖުލައި 25 އިން ފެށިގެން ސެޕްޓެމްބަރު މަސް ނިމެންދެން ދާލު އެއާޕޯޓުން ފުރާ ފަތުުރުވެރިންގެ އަތުން އޭވިއޭޝަން ސެކިއުރިޓީން ހިފަހައްޓައި ފުލުހުންނާ ހަވާލުކޮށްފައިވާ ބަނގުރާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
ކޮމެންޓު ފޮނުވާ