ކަށި މިޔަރުގެ މަސްވެރިކަމަށް 40 އުޅަނދަކަށް ލައިސަންސް ދޫކުރަން ނިންމައިފި

ކަށި މިޔަރުގެ މަސްވެރިކަމަށް 40 އުޅަނދަކަށް ލައިސަންސް ދޫކުރަން ނިންމައިފި

Author
ހުސެއިން
08 ނޮވެމްބަރ 2025 08:08
0

ފިޝަރީޒް މިނިސްޓްރީން މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކަށި މިޔަރުގެ މަސްވެރިކަމަށް ހުއްދަ ދިނުމުގެ ގޮތުން، މި މަސްވެރިކަމަށް ލައިސަންސް ދޫކުރުމުގެ ފުރުސަތު އާންމުކޮށްފައިވާ އިރު، ލައިސަންސް ދޫކުރާނީ އެންމެ ފުރަތަމަ އެދޭ 40 އުޅަނދަށެވެ. މިކަމަށް އެދޭ ފަރާތްތައް ހޮވާނީ ކެޔޮޅު ޕޯޓަލް މެދުވެރިކޮށް މައުލޫމާތު ހުށަހަޅާ ތަރުތީބުންނެވެ.

މި ލައިސަންސްގެ މުއްދަތަކީ އެއް އަހަރު ނަމަވެސް، މަސްވެރިކަން ކުރެވޭނީ ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށެވެ. ލައިސަންސް ލިބޭ ހުރިހާ އުޅަނދެއްގައި ޓްރެކިން ޑިވައިސް ހަރުކުރަން ޖެހޭއިރު، ކަށި މިޔަރު ކިރުމަށް ކަނޑައެޅިފައިވަނީ ހދ. ކުޅުދުއްފުށި، ށ. ފުނަދޫ، ރ. މަޑުއްވަރީ އަދި އއ. ހިމަންދޫގެ ހަތަރު ބަނދަރެވެ. ބާނާފައިވާ ކަށި މިޔަރުގެ އެއްވެސް ބައެއް ބަނދަރަށް ގެނައުމުގެ ކުރިން ވަކިކުރުމާއި، ކަށި މިޔަރު ފިޔަވައި އެހެން ބާވަތެއްގެ މިޔަރަށް އަމާޒުކޮށް މަސްވެރިކަން ކުރުމަކީ މަނާކަމެކެވެ. ކަށި މިޔަރުގެ މަސްވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަކީ މި ގަވާއިދުގެ މައިގަނޑު މަގުސަދު ކަމަށް މިނިސްޓްރީން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.