މާފަންނު ގެއެއްގެ ވައި ގޮޅިއަކުން ވެއްޓި ބަނގްލަދޭޝް ރައްޔިތަކު މަރުވެއްޖެ

މާފަންނު ގެއެއްގެ ވައި ގޮޅިއަކުން ވެއްޓި ބަނގްލަދޭޝް ރައްޔިތަކު މަރުވެއްޖެ

Author
ޙަސަން މުޙައްމަދު
04 ނޮވެމްބަރ 2025 09:59
0

މާލޭ މާފަންނުގައި ހުންނަ އިމާރާތެއްގެ ވައި ގޮޅިއަކުން ވެއްޓި ބަންގްލަދޭޝްއަށް ނިސްބަތްވާ މީހަކު މަރުވެއްޖެ އެވެ.

ފުލުހުން ބުނީ 47 އަހަރުގެ ރޮޓަން، އިމާރާތުގެ 6 ވަނަ ފަންގިފިލާ އިން އެ އިމާރާތުގެ ވައި ގޮޅިއަށް ވެއްޓިފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ ނޮވެމްބަރު 4 ވަނަ ދުވަހުގެ ހަވީރު 6:29 ހާއިރު ކަމަށެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު ވަނީ މަރުވެފަ އެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.