ވީއައިއޭގެ އާ ޓާމިނަލުން އުޒްބަކިސްތާން އެއާވޭސްއަށް ހިދުމަތް ދޭން ފަށައިފި

ވީއައިއޭގެ އާ ޓާމިނަލުން އުޒްބަކިސްތާން އެއާވޭސްއަށް ހިދުމަތް ދޭން ފަށައިފި

Author
ހުސައިން
03 ނޮވެމްބަރ 2025 06:59
0

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލުން އުޒްބަކިސްތާންގެ ގައުމީ އެއާލައިން، އުޒްބަކިސްތާން އެއާވޭސްއަށް ހިދުމަތް ދިނުން ފަށައިފިއެވެ. މި އެއާލައިނަށް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް ޓާމިނަލްގައި ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައިވެއެވެ.

މިއަހަރުގެ ޖުލައި 26 ވަނަ ދުވަހު ހުޅުވި މި ޒަމާނީ ޓާމިނަލުން މިހާރު 21 އެއާލައިނަކަށް ހިދުމަތް ދެމުން އަންނައިރު، އެންމެ ފަހުން މި ޓާމިނަލުގެ ހިދުމަތް ލިބުނު ތިން އެއާލައިނަކީ ޗައިނާގެ ސިޗުއާން އެއާލައިންސް، ޔޫއެސް-ބަންގްލާ އެއާލައިންސް އަދި އުޒްބަކިސްތާން އެއާވޭސްއެވެ. އެމްއޭސީއެލުން ބުނީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށް ވެސް އެންމެ މަތީ ފަންތީގެ ހިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.