ވެލާނާ އެއާޕޯޓުން ލައްކައަކަށްވުރެ ގިނަ ޑޮލަރު ފޭރި ހަތަރު މީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ވެލާނާ އެއާޕޯޓުން ލައްކައަކަށްވުރެ ގިނަ ޑޮލަރު ފޭރި ހަތަރު މީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްފި

Author
ހުސައިން
02 ނޮވެމްބަރ 2025 10:27
0

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ލައްކައަކަށްވުރެ ގިނަ ޑޮލަރު ފޭރުނު މައްސަލައިގައި ހައްޔަރުކުރި ހަތަރު މީހުން ޝަރީއަތް ނިމެންދެން ބަންދުކުރަން މިއަދު ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ. މި ހާދިސާ ހިނގީ މިދިޔަ މަހުގެ 27ވަނަ ދުވަހުގެ ފަތިހު 4:45 އެހާކަންހާއިރު މޫނު ނިވާކޮށްގެން ތިބި ބަޔަކު އެއާޕޯޓުގައި ހިންގި ވައްކަމުގައެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ލ. މާވަށު ރޭޝަމްގެ މާޒިން މޫސާ (25އ)، މާލެ މ. ކޯރަސްގެ އަޙްމަދު ރައިހާން ނަޢީމް (20އ)، ކ. ގުރައިދޫ އަޅިވިލާގެ އިބްރާހީމް އަނޫފް (24އ) އަދި އެ ގޭގެ ޙުސައިން ޝަހުދު (30އ) އެވެ. ބަންދަށް ޖެހި ފަސް ދުވަހުގެ މުއްދަތު ހަމަވުމުން އެ ހަތަރު މީހުން ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައިވާކަން ފުލުހުން ހާމަކޮށްފައި ވެއެވެ.

ތުހުމަތު ކުރެވޭ މީހުން އެއާޕޯޓަށް ގޮސް ޑޮލަރު ހުރި ސޫޓްކޭސްތައް ފޭރިގަނެގެން ފިލާފައިވަނީ ޓެކްސީއަކާއި ލޯންޗެއް ބޭނުންކޮށްގެންކަން ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ހާމަކުރައްވައި، ލޯންޗު ވެސް ހޯދާފައިވާކަމަށްވެސް ބުނެފައި ވެއެވެ. އެކަމަކު ފޭރިގަތް ފައިސާ ހޯދުނުކަމެއް ނުވަތަ ސީދާ ގެއްލުނު އަދަދެއް ފުލުހުން ނުބުނެއެވެ. ނަމަވެސް، އިތުބާރު ހުރި މަސްދަރަކުން ބުނި ގޮތުގައި ބީއެމްއެލްއިން ފައިސާ މާރުކުރާ ކައުންޓަރަށް ގެންދިޔަ ސޫޓްކޭސްތަކުގައި ލައްކައަކަށް ވުރެ ގިނަ ޑޮލަރާއެކު ޔޫރޯއާއި އެހެން ފައިސާތައް ވެސް ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.