އައްޑޫ ސިޓީގެ ރައްޔިތުންނަށް ހާއްސަކޮށްގެން ބީއެމްއެލް އިން ހިތަދޫ ސިޓީ ސްކޮއާގައި ބޭއްވި ކާނިވާ މިއަދު ނިންމާލައިފި އެވެ. މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް ކުރިއަށް ދިޔަ މި ހަރަކާތަކީ އައްޑޫ ސިޓީގެ ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބުނު ހަރަކާތެއް ކަމަށް ބީއެމްއެލް އިން ބުނެފި އެވެ.
މި ކާނިވާގައި ކުޑަކުދިންނަށް ހާއްސަ ގޭމުތަކާއި، މަގުބޫލު ވިޔަފާރިތަކުގެ ކާބޯތަކެތީގެ ސްޓޯލްތަކާއި، އައްޑޫ ސިޓީގެ ސްކޫލުތަކުގެ ދަރިވަރުންގެ ހުށަހެޅުންތަކާއި، މަގުބޫލު ބޭންޑުތަކުގެ ހުށަހެޅުންތައް ހިމެނިއްޖެ އެވެ. އަދި ކާނިވާގެ ކޮންމެ ދުވަހަކު ވެސް ލަކީޑްރޯ ކުރިއަށް ގެންގޮސް، ހަތަރު ފަރާތަކަށް ސައިކަލު ހަދިޔާ ކުރި އެވެ.
ކޮމެންޓު ފޮނުވާ