ހުޅުމާލެ ހިޔާ ޓަވަރު 8 އިން މީހަކު ވެއްޓިއްޖެ

ހުޅުމާލެ ހިޔާ ޓަވަރު 8 އިން މީހަކު ވެއްޓިއްޖެ

Author
ޙަސަން މުޙައްމަދު
01 ނޮވެމްބަރ 2025 09:40
0

 

ހުޅުމާލެ ހިޔާ ޓަވަރު 8 އިން މީހަކު ވެއްޓިއްޖެއެވެ. އެނގިފައިވާ ގޮތުގައި އެ މީހާ ވެއްޓިފައިވަނީ އެ ޓަވަރުގެ 14ވަނަ ފަންގިފިލާއިންނެވެ. ވެއްޓިފައިވަނީ ފިރިހެނެކެވެ. ފުލުހުން ދަނީ މި ހާދިސާ ތަހުގީގު ކުރަމުންނެވެ.

ހިޔާގެ 8 ވަނަ ޓަވަރުން މީހަކު ވެއްޓުނު މައްސަލައިގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިއަދު ހެނދުނު 8:32 ހާއިރު އެވެ. އެ މީހާ ވަނީ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. ނަމަވެސް ވެއްޓުނު މީހާގެ ނަމާއި އުމުރާއި ހާލަތާ ބެހޭ ގޮތުން ފުލުހުން އިތުރު ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.

ތަފްސީލު އަންނަނީ..

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.