ދިވެހި ފުޓުބޯޅައިގެ 75 ވަނަ އަހަރު ފާހަގަކުރުމަށް ތައްޔާރުކޮށްފައިވާ ރަސްމީ ލޯގޯ ހުކުރު ދުވަހު ގަލޮޅު ރަސްމީ ދަނޑުގައި އިފްތިތާޙު ކޮށްފިއެވެ. ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގުޅިގެން މި ލޯގޯ އިފްތިތާޙު ކުރެއްވިއެވެ.
ރަތް، ނޫ، ފެހި އަދި ރަން ކުލައިން ފަރުމާކޮށްފައިވާ މި ލޯގޯއިން 75 އަކުރު ރަމްޒުކުރާއިރު، ޤައުމީ ދިދައާއި ދެ ތަރި ހިމަނާފައިވެއެވެ. ލޯގޯގެ ތިރީގައި ފުޓުބޯޅައިގެ ރަމްޒާއެކު "ފުޓުބޯޅަ 1950-2025″ އިބާރާތް ލިޔެފައިވެއެވެ.

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން މި ތާރީޚީ ޙަފްލާ 2026 ވަނަ އަހަރުގެ ޖޫން މަހު ކުލަގަދަކޮށް ފާހަގަކުރުމަށް ނިންމާ، ޚާއްސަ ކޮމެޓީއެއް އެކުލަވާލާފައިވެއެވެ. "ޑައިމަންޑް ޖުބިލީ ކޮމެޓީ"ގެ ނަމުން މަސައްކަތްކުރާ މި ކޮމެޓީގެ ޗެއަރމަން ކަމުގައި ހުންނެވީ ތަޖުރިބާކާރު ކޯޗު އަލީ ސުޒޭން އެވެ.
އެފްއޭއެމްގެ މިއަހަރުގެ އިންތިޚާބުގައި ރައީސްކަމަށް ހޮވުނު އަޙުމަދު ޠާރިޤްގެ ޓީމުން މި ފުރުސަތުގައި ޤައުމީ ޓީމަށް ކުޅެފައިވާ ކުޅުންތެރިންނާއި ކެޕްޓަނުންގެ އަގު ވަޒަންކުރުމުގެ ހަރަކާތްތައް ވެސް ރާވާފައިވެއެވެ.
ކޮމެންޓު ފޮނުވާ