ލޯކަލް ކައުންސިލް އިންތިހާބު މާރިޗު 28 ގައި، ކެންޑިޑެސީ ހުށަހެޅުން ޖެނުއަރީ 17 ގައި ހުޅުވާލާނެ

ލޯކަލް ކައުންސިލް އިންތިހާބު މާރިޗު 28 ގައި، ކެންޑިޑެސީ ހުށަހެޅުން ޖެނުއަރީ 17 ގައި ހުޅުވާލާނެ

Author
ހުސައިން
19 އޮކްޓޯބަރ 2025 09:25
0

އަންނަ އަހަރުގެ މާރިޗު 28 ވަނަ ދުވަހު ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ. ދައުލަތުގެ މީޑިއާއަށް މައުލޫމާތުދެއްވަމުން އީސީގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވީ އިންތިހާބުގެ ޓައިމްލައިން ކަނޑައަޅައި އިދާރީ ތައްޔާރީތައް ވަމުން އަންނަކަމަށެވެ.

އިންތިހާބަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކަށް އަންނަ ޖެނުއަރީ 17 ވަނަ ދުވަހު ކެންޑިޑެސީ ހުށަހެޅުން ހުޅުވާލާނެއެވެ. މިފަހަރު ކެންޑިޑެސީ ހުށަހަޅަން ޖެހޭނީ އީސީގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް ކަމަށާއި، މިއީ އިދާރީ އިންތިޒާމްތައް ފަސޭހަކޮށް ހަރަދު ކުޑަކުރުމަށް އެޅި ފިޔަވަޅެއް ކަމަށް ޒާހިދު ވިދާޅުވިއެވެ. އޭގެތެރޭގައި ޕޯޓަލް ބޭނުންކުރުމަށް މީހުން ފަރިތަކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރަމުން އަންނަކަމަށްވެސް ވިދާޅުވިއެވެ.

އިންތިހާބުގެ އިދާރީ މަސައްކަތްތަކަށް 270 ވަރަކަށް މުވައްޒަފުން ބޭނުންވާތީ އެ މުވައްޒަފުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ. މީގެއިތުރުން، އަންނަ އިންތިހާބަށް ދާއިރު އަތޮޅު ކައުންސިލްތައް އުވާލައި ކައުންސިލަރުންގެ އަދަދު މަދުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަކަން ފާހަގަކުރެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.