ކުވައިތުގެ ޚާރިޖީ ވަޒީރަށް ރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު މަރުޙަބާ ވިދާޅުވެއްޖެ އެވެ.
ޝާހިދު މަރުޙަބާ ވިދާޅުވެފައި މިވަނީ، ކުވައިތުގައި ޤައުމަށް އަގުހުރި ޚިދުމަތް ކުރާ ފަރާތްތަކަށް ދެވޭ މަތީ ޢިއްޒަތެއްކަމަށްވާ "އޯޑަރ އޮފް ކުވައިތު" (ވިސާމް އަލް-ކުވައިތު)، އެޤައުމުގެ ޚާރިޖީ ވަޒީރު ޝައިޚް ޑރ. އަޙްމަދު ނާސިރް އަލް މުޙައްމަދު އަލް ސަބާޙް އަށް ކުވައިތުގެ އަމީރު ޝައިޚް ނަވާފް އަލް އަޙްމަދު އަލް ޖާބިރް އަލް ސަބާޙް އެރުވުމާ ގުޅިގެންނެވެ.
މިނިސްޓަރ ޝާހިދު ވިދާޅުވީ އެ ޝަރަފަކީ ބައިނަލްއަޤްވާމީ ޑިޕްލޮމެސީއާއި ކުވައިތަށް އަދި ދާދި ފަހުން ބޭއްވި ގަލްފް ޤައުމުތަކުގެ ބައްދަލުވުމުގެ ނަތީޖާއަށް ނަޒަރު ހިންގާއިރު، ޑރ. އަޙްމަދު ނާސިރް އަލް މުޙައްމަދު އަލް ސަބާޙް އަށް ޙައްޤު ޝަރަފެއްކަށެވެ.
ކުވައިތުގެ 35 ވަނަ ކެބިނެޓަށް ޑރ. އަޙްމަދު ނާސިރް އަލް މުޙައްމަދު އަލް ސަބާޙް އައްޔަންކުރެއްވުމާ ގުޅިގެން މިދިޔަ ޑިސެމްބަރު މަހުވެސް ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވަނީ މަރުޙަބާ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ