ހިޔާވެހި ސްކީމުގެ ދަށުން ބީއެމްއެލްއިން ފައިނޭންސިންގ އެޕްރޫވްކުރަން ފަށައިފި

ހިޔާވެހި ސްކީމުގެ ދަށުން ބީއެމްއެލްއިން ފައިނޭންސިންގ އެޕްރޫވްކުރަން ފަށައިފި

Author
ޙަސަން މުޙައްމަދު
09 އޮކްޓޯބަރ 2025 10:08
0

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ސަރުކާރުގެ ހިޔާވެހި ފައިނޭންސިންގ ސްކީމުގެ ދަށުން ލޯނު އެޕްރޫވްކުރުމުގެ މަސައްކަތް ފަށައިފިއެވެ. މި ސްކީމަކީ ގެދޮރު އިމާރާތްކުރުމަށް ރާއްޖޭގައި 5 ޕަސެންޓްގެ ކުޑަ އިންޓްރެސްޓް ރޭޓުގައި ފައިސާ ދޫކުރާ ޕްރޮގްރާމެކެވެ. މި ސްކީމުގެ ދަށުން ލޯނު 25 އަހަރުގެ މުއްދަތަކަށް އަނބުރާ ދެއްކޭނެ ކަމަށާއި، އިމާރާތް ކުރާ ތަން ފިޔަވައި އިތުރު ރަހުނެއް ބޭނުމެއް ނުވާނެ ކަމަށް ބޭންކުން ހާމަކުރެއެވެ. މީގެ އިތުރުން އިކުއިޓީގެ ގޮތުގައި 20 ޕަސެންޓް ހަމަޖެހުން ކަސްޓަމަރަށް ނުވަތަ ސަރުކާރު މެދުވެރިކޮށް ވެސް ހަމަޖެއްސޭނެއެވެ.

ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ ގައުމީ ބޭންކުގެ ހައިސިއްޔަތުން ރައްޔިތުންނަށް ފައިދާހުރި މަޝްރޫއުތަކަށް އެހީތެރިވުމަކީ ބޭންކުގެ ޒިންމާއެއް ކަމަށެވެ. ބޭންކުގެ ކުރިއެރުން ގުޅިފައިވަނީ ދިވެހި އިގްތިސާދާ ކަމަށާއި، ހިޔާވެހި ސްކީމަކީ ގައުމީ ބޭންކުން އެހީތެރިވާން ޖެހޭ މުހިންމު މަޝްރޫޢެއް ކަމަށް ޝަރީފް ވިދާޅުވިއެވެ. މިހާރުވެސް ބޭންކަށް 1،400 އަށްވުރެ ގިނަ އެޕްލިކޭޝަން ލިބިފައިވާ ކަމަށާއި، އެ އެޕްލިކޭޝަންތައް ޕްރޮސެސްކުރަމުން އަންނަ ކަމަށް ބޭންކުން ބުންޏެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.