ބިދޭސީންނަށް އިންވެސްޓް ނުކުރެވޭނެ ދާއިރާތައް ކަނޑައަޅައިފި

ބިދޭސީންނަށް އިންވެސްޓް ނުކުރެވޭނެ ދާއިރާތައް ކަނޑައަޅައިފި

Author
ޙަސަން މުޙައްމަދު
09 އޮކްޓޯބަރ 2025 08:45
0

ރާއްޖޭގައި ބޭރުގެ ފަރާތްތަކަށް އިންވެސްޓް ނުކުރެވޭނެ ދާއިރާތައް އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅައިފިއެވެ. މިއީ ފޮރިން އިންވެސްޓްމަންޓްގެ ގާނޫނުގެ 11 ވަނަ މާއްދާގެ ދަށުން ގެނައި އިސްލާހެކެވެ.

މިގޮތުން ބިދޭސީންނަށް މުޅިން އިންވެސްޓް ކުރުން މަނާކުރި ދާއިރާތަކުގެ ތެރޭގައި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި، ލޮޖިސްޓިކްސް ޚިދުމަތްތައް، އާންމު ކަނޑު ދަތުރުފަތުރުގެ ޚިދުމަތްތައް، ބަންކަރިންގެ ޚިދުމަތާއި، 15 މިލިއަން ޑޮލަރުން ދަށުގެ ކޮންސްޓްރަކްޝަން މަޝްރޫޢުތަކާއި 100 މިލިޔަން ޑޮލަރުން ދަށުގެ ރިއަލް އެސްޓޭޓް މަޝްރޫޢުތައް ހިމެނެއެވެ.

މިނިސްޓްރީން ބުނީ މި ނިންމުން ނެގީ ގައުމީ ސަލާމަތަށް ކޮށްފާނެ އަސަރާއި ޑޮމެސްޓިކް މާކެޓްގެ ވާދަވެރިކަމަށް ކޮށްފާނެ އަސަރާއި، ދިވެހި ވިޔަފާރިވެރިން ހަރަކާތްތެރިވާ މިންވަރަށް ރިއާޔަތްކުރުމަށްފަހު ކަމަށެވެ. އަދި އެ ދާއިރާއެއްގައި ބޭރުގެ އިންވެސްޓްމަންޓާއި ތަޖުރިބާ ބޭނުންވާ މިންވަރާއި، ގައުމީ އުފެއްދުންތެރިކަން ކުރިއެރުމަށް އެހީވާނެ މިންވަރާއި، ވަޒީފާގެ ފުރުޞަތުތައް އުफެދޭނެ މިންވަރަށް ވެސް ބަލައިގެން މި ނިންމުން ނެގި ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ މިއީ ދިވެހި ވިޔަފާރިވެރިންނަށް ބާރުވެރިކަން ދިނުމަށާއި، 2040 ވަނަ އަހަރު އަންނައިރު ރާއްޖޭ ތަރައްގީވެފައިވާ ގައުމެއްގެ ގޮތުގައި ހެދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ތަސައްވުރަށް މަގުފަހިކުރުމަށް ބޭނުންވާ މުހިންމު ދާއިރާތަކުން އިންވެސްޓް ކުރުމުގެ ފުރުސަތު ބޭރުގެ އިންވެސްޓަރުންނަށް ފުރިހަމައަށް ހުޅުވާލެވިފައިވާ އިސްލާހުތަކެއް ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.