އދ. ހަންޏާމީދޫގައި ސަރުކާރުން ގާއިމުކުރާ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ މިއަދު އަޅާއިފިއެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު އދ. އަތޮޅަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގައި މި ބިންގާ އަޅުއްވައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު އަބްދުﷲ ރާފިއުއެވެ. މި ރަސްމިއްޔާތުގައި މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގް އަދި ހަންޏާމީދޫ ކައުންސިލްގެ ރައީސް މޫސާ ނާޒިމް ބައިވެރިވެވަޑައިގެންނެވިއެވެ.
މި މަޝްރޫއު ހިންގުމުގެ ޒިންމާ ސަރުކާރުން ހަވާލުކޮށްފައިވަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއެވެ. މި މަސައްކަތަކީ 2026ގެ ނިޔަލަށް ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ގާއިމުކުރުމަށް ރައީސް މުއިއްޒު ވިދާޅުވެފައިވާ ވައުދުފުޅު ފުއްދުމުގެ ދަށުން ކުރިއަށް ގެންދާ މަސައްކަތެކެވެ. އދ. ދަނގެތީގައި ވެސް މިއަދު ފިޓްނެސް ސެންޓަރު، ފުލުހުންގެ މަރުކަޒު އަދި ކައުންސިލް އިދާރާގެ އާ އިމާރާތުގެ ބިންގާތައް ވަނީ އަޅާފައެވެ.
ކޮމެންޓު ފޮނުވާ