އދ. ހަންޏާމީދޫގައި އާ ސްކޫލް އިމާރާތެއް ޢިމާރާތްކުރުމުގެ މަޝްރޫޢު މިއަދު އެމްޓީސީސީއާ ހަވާލުކޮށްފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި މިއަދު ހަންޏާމީދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. އިސްމާޢީލް ޝަފީޢާއި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ސަޢުދީއެވެ.
22.63 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ ދަށުން 9500 އަކަފޫޓުގެ ސަރަޙައްދެއްގައި ތިން ފަންގިފިލާގެ އިމާރާތެއް ބިނާކުރެވޭނެއެވެ. މަޝްރޫޢު ނިންމަން ލަފާކޮށްފައިވަނީ 540 ދުވަހުގެ ތެރޭގައެވެ. ރައީސް މުޢިއްޒު ޝަރަފުވެރިކޮށްދެއްވި މި ރަސްމިއްޔާތުގައި ކެބިނެޓް މިނިސްޓަރުން، މަޖިލިސް މެންބަރުން، ކައުންސިލް މެންބަރުންނާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ކޮމެންޓު ފޮނުވާ