ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުންނަށް ޤާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ދެ ފަރާތެއް ހޯދުމަށް ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން އިއުލާނުކޮށްފިއެވެ.
މި ޚިދުމަތް ފޯރުކޮށްދޭނީ ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނުގެ ދަށުން އެއް އަހަރު ދުވަހުގެ މުއްދަތަށް ކަމަށް އޮތޯރިޓީން ބުނެއެވެ. މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ. އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކަށް މި މަހުގެ 14 ވަނަ ދުވަހުގެ މެންދުރު ފަހު 1:00 ގެ ކުރިން އޮތޯރިޓީގެ ޕްރޮކިއުމަންޓް އީމެއިލް އެޑްރެހަށް ލިޔުމުން މަޢުލޫމާތު ސާފުކުރެވޭނެއެވެ.
އަންދާސީ ހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 16 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް ގ. މާގަހާ ބިލްޑިންގގެ 4 ވަނަ ފަންގިފިލާގައި ހުންނަ ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއަށެވެ. ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ކަމަށް އޮތޯރިޓީން ވަނީ އަންގާފައެވެ.
ކޮމެންޓު ފޮނުވާ