ޣައްޒާ ހަނގުރާމަ ނިންމުމަށް ޓްރަމްޕްގެ ޕްލޭން ހަމާސް އިން ޤަބޫލު ކޮށްފި، ޓްރަމްޕްގެ ޝުކުރު އަރަބި ގައުމުތަކަށް

ޣައްޒާ ހަނގުރާމަ ނިންމުމަށް ޓްރަމްޕްގެ ޕްލޭން ހަމާސް އިން ޤަބޫލު ކޮށްފި، ޓްރަމްޕްގެ ޝުކުރު އަރަބި ގައުމުތަކަށް

Author
ޙަސަން މުޙައްމަދު
04 އޮކްޓޯބަރ 2025 05:34
0

އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހެޅުއްވި ޕްލޭން ހަމާސް ޖަމާއަތުން ޤަބޫލު ކުރުމާ ގުޅިގެން، ހަނގުރާމަ ނިންމުމަށް ކުރެއްވި މަސައްކަތަށްޓަކައި ޢަރަބި ޤައުމު ތަކުގެ ލީޑަރުންނަށް ޓްރަމްޕް ޝުކުރު އަދާ ކުރައްވައިފި އެވެ. އދ ގެ ޖެނަރަލް އެސެމްބްލީގައި ބައިވެރިވެ ވަޑައިގަތް ޢަރަބި އަދި އިސްލާމީ ޤައުމު ތަކުގެ ލީޑަރުންނާ ބައްދަލު ކުރައްވައި، ހަނގުރާމަ ނިންމުމަށް ގެންގުޅުއްވާ 20 ނުކުތާގެ ޕްލޭން ޓްރަމްޕް ވަނީ ހިއްސާ ކުރައްވައިފަ އެވެ.

ޓްރަމްޕްގެ ފަރާތުން ސުން ގަޑި އާއި އިންޒާރު ދީފައި ވަނިކޮށް ހަމާސް އިން ވަނީ އެ ޕްލޭން ޤަބޫލު ކޮށްފަ އެވެ. ރޮއިޓާސްގައި ބުނެފައި ވަނީ، ހަމާސް އިން ދީފައިވާ ޖަވާބުގައި ރަހީނުން މިނިވަން ކުރުމާއި އަވަސް އެހީ ފޯރުކޮށްދިނުމަށް ޓްރަމްޕް ގޮވާލައްވާފައިވާ ގޮވާލެއްވުމަށް ޝުކުރު އަދާ ކުރާ ކަމަށެވެ. ނަމަވެސް ހަތިޔާރު ބެހެއްޓުމާ ގުޅޭ ގޮތުން ވަކި އެއްޗެއް ބުނެފައި ނުވާއިރު، އެކަމަކީ އިސްރާއީލް އާއި އެމެރިކާ އިން ވެސް ވަރަށް ބޮޑަށް ބާރު އަޅަމުން އަންނަ ކަމެކެވެ.

ޓްރަމްޕްގެ ޕްލޭންގައި ހިމެނެނީ ވަގުތުން ހަނގުރާމަ ހުއްޓާލުމާއި، ރަހީނުން މިނިވަން ކުރުމާއި، މަރުޙަލާ ތަކަކަށް ބަހާލައިގެން އިސްރާއީލްގެ ސިފައިން ފޭބުމާއި، ހަމާސްގެ ހަތިޔާރު ބެހެއްޓުމާއި، ބައިނަލްއަޤުވާމީ އެހީތެރިކަމާ އެކު ވަގުތީ ސަރުކާރެއް އުފެއްދުމެވެ. ހަމާސް އިން ޖަވާބު ދީފައި ވަނިކޮށް، އިސްރާއީލް އިން ވަނީ ޣައްޒާ ސިޓީގެ ރާމަﷲ ސަރަހައްދަށް ހަމަލާ ދީފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.