ނޭޕާލު އަންހެނަކަށް ވަޅިން ހަމަލާދިން މީހާ ޝަރީއަތް ނިމެންދެން ބަންދު ކޮށްފި

ނޭޕާލު އަންހެނަކަށް ވަޅިން ހަމަލާދިން މީހާ ޝަރީއަތް ނިމެންދެން ބަންދު ކޮށްފި

Author
ހުސެއިން
28 ސެޕްޓެމްބަރ 2025 06:03
0

ހުޅުމާލޭ ފިހާރައެއްގައި މަސައްކަތްކުރާ ނޭޕާލު އަންހެނަކަށް އިއްޔެ ވަޅިން ހަމަލާދީ ޒަޚަމްކޮށްލި މައްސަލާގައި ހައްޔަރުކޮށްފައިވާ ބަންގްލަދޭޝް މީހާ ޝަރީއަތް ނިމެންދެން ބަންދު ކޮށްފި އެވެ.

މި މައްސަލައިގެ ތުހުމަތުގައި ބަންގްލަދޭޝްގެ ރައްޔިތެއް 27 ޖަހަންގީރު މިއާ (25 އަހަރު) ފުލުހުން ހައްޔަރުކުރީ 2025 ސެޕްޓެމްބަރ 2025 ވަނަ ދުވަހުގެ (އިއްޔެ) ހަވީރުގެ ވަގުތެއްގައި ހައްޔަރުކޮށްފައެވެ.

ފުލުހުން މިއަދު ބުނީ އޭނާގެ ބަންދާމެދު ގޮތެެއް ނިންމުމަށް ކޯޓަށް ގެންދިޔުމުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ

އެ މާރާމާރީގައި އަނިޔާވި ނޭޕާލުގެ އަންހެން މީހާއަށް ފަރުވާ ދިނުމަށް ފަހު ދޫކޮށްލާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ޖަހަންގީރު، ހުޅުމާލޭ ފމަސައްކަތްކުރާ ނޭޕާލުގެ  21 އަހަރުގެ އަންހެންމީހާ އަށް ވަޅިން ހަމަލާދީފައި ވަނީ އިއްޔެ މެންދުރެއްހާއިރުއެވެ. މި މައްސަލާގައި، ފުލުހުން ޖަހަންގީރު ހައްޔަރުކޮށްފައިވަނީ ސީސީޓީވީ ކެމެރާ ފުޓޭޖް ބަލައިގެންނާއި އަދި އެހެނިހެން ގޮތްގޮތުން ތަޙުޤީޤުގެ ތެރެއިން ކުރެވުނު މަސައްކަތުން އޭނާ ދެނެގަނެ ލޮކޭޓް ކޮށްގެންނެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ހުޅުމާލެ ފޭސް 2 އިންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.