އިސްރާއީލުގެ ޓެރަރިސްޓް ހަމަލާއިން ހަމާސްގެ ލީޑަރޝިޕް ސަލާމަތް ވެއްޖެ

އިސްރާއީލުގެ ޓެރަރިސްޓް ހަމަލާއިން ހަމާސްގެ ލީޑަރޝިޕް ސަލާމަތް ވެއްޖެ

Author
ހުސައިން
09 ސެޕްޓެމްބަރ 2025 10:35
0

ދޯހާގައި އަމާޒު ކުރެވުނު ހަމަލާއިން އެ ގްރޫޕްގެ ލީޑަރޝިޕް ސަލާމަތްވެއްޖެ ކަމަށް ހަމާސްގެ ސިޔާސީ ބިއުރޯގެ މެންބަރެއް ކަމުގައިވާ ސުހައިލް އަލް-ހިންދީ ބައިނަލްއަގުވާމީ މީޑިއާތަކަށް ޔަގީންކޮށްދީފިއެވެ.

އަލް-ހިންދީ އަލްޖަޒީރާއަށް ތަކުރާރުކޮށް ބުނެފައިވަނީ އެ ގްރޫޕްގެ ލީޑަރުން ރައްކާތެރިކަމުގައި ތިބި ކަމަށެވެ.

ހަމާސްގެ ސިޔާސީ ބިއުރޯގެ މެންބަރު ސުހައިލް އަލް-ހިންދީ އަލްޖަޒީރާއަށް ދިން އިންޓަވިއުގައި އިތުރު ވިދާޅުވެފައިވަނީ، ޓްރަމްޕްގެ ސުލްޙައިގެ ހުށަހެޅުން މަޝްވަރާކުރަން ބައްދަލުކުރަމުން ދިޔަ ޚަލީލް އަލް-ހައްޔާ އާއި އެހެން ހަމާސް ލީޑަރުން މަރާލަން ކުރި މަސައްކަތް ފެއިލްވެފައިވާ ކަމަށެވެ.

ނަމަވެސް މި ހަމަލާގައި އަލް-ހައްޔާގެ ދަރިފުޅު ހުމާމް އާއި އޭނާގެ ޓޮޕް އެއިޑެއް ނިޔާވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ތިން ބޮޑީގާޑުންނާ ގުޅުން ކެނޑިފައިވާ ކަމަށް އަލް-ހިންދީ ބުނެފައިވެއެވެ. ނަމަވެސް އޭނާ ފާހަގަކުރީ ކޮންމެ ފުރާނައެއް ގެއްލުމަކީ ވެސް ހިތާމަވެރި ކަމެއް ކަމަށެވެ.

"މޫވްމަންޓްގެ ލީޑަރޝިޕްގެ ލޭ އަކީ ކޮންމެ ފަލަސްޠީނު ކުއްޖެއްގެ ލޭ ފަދައިންނެވެ،" އޭނާ އަލްޖަޒީރާއަށް ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.