ހަމާސްގެ އިސް އޮފިޝަލުންތަކެއް ޝަހީދު ކޮށްލުމަށް އިސްރާއީލުން ޤަތަރުގެ ވެރިރަށް ދޯހާއަށް މިސައިލް ހަމަލާތަކެއް ދީފިއެވެ. އިސްރާއީލު ސިފައިން ބުނެފައިވަނީ ގަތަރުގެ ވެރިރަށް ދޯހާގައި ހަމާސްގެ އިސް ލީޑަރުންނަށް ޓާގެޓްކޮށް މަރާލުމުގެ ހަމަލާއެއް ދީފައިވާ ކަމަށެވެ. އިސްރާއީލުން މިސައިލް ހަމަލާދިން ސަރަހައްދުގައި ގިނަ ގޮވުންތަކެއްގެ އަޑު އިވިފައިވެއެވެ.
ހަމާސްގެ ސޯސެއް އަލްޖަޒީރާއަށް މައުލޫމާތު ދެމުން ބުނެފައިވަނީ މި ހަމަލާ ދިނީ އެމެރިކާއިން ހުށަހަޅާފައިވާ ގާޒާ ސުލްހައިގެ ހުށަހެޅުމަކާ ބެހޭގޮތުން މަޝްވަރާކުރަމުންދިޔަ ވަގުތެއްގައި ކަމަށެވެ. ގަތަރުންވަނީ މި ހަމަލާ ކުށްވެރިކޮށް، އެއީ ބައިނަލްއަގުވާމީ ގާނޫނާ ހިލާފު އަމަލެއް ކަމައް ބުނެފައެވެ.
އިސްރާއީލުން ޤަރަރުގެ ވެރިރަށް ދޯހާއަށް ދިން ހަމަލާ އިސްލާމީ ގިނަ ގައުމުތަކުން ވަނީ ކުށްވެރިކޮށްފައެވެ. އޭގެ ތެރޭގައި ދިވެހިރާއްޖޭގެ އިތުރުން، ސަައުދީ އަރަބިއާ، އުރުދުން ކުވައިތު އިރާގު ހިމެނެއެވެ. އަދި އޭގެ އިތުރުން ޔޫއެންގެ ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސްވެސް ވަނީ މި ހަމަލާ ކުށްވެރިކޮށްފައެވެ.
ކޮމެންޓު ފޮނުވާ